Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ހިތަދޫގެ އުތުރާއި ދެކުނުގެ ނަރުދަމާ ވަރަށް އަވަހަށް ބަޔަކާއި ހަވާލު ކުރާނެ: ޠޯރިގް

ސ.ހިތަދޫގެ އުތުރާއި ދެކުނު ސަރަހައްދުގައި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކުރުމަށް މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތޯރިޤް ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދޮޅު އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އައްޑޫގެ ނަރުދަމާގެ މަޝްރޫއު އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިތަދޫ މެދު ދާއިރާގެ ނަރުދަމާގެ ނިޒާމު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފެނަކަ ކޯޕަރޭޝަނުގެ ފަރާތުންނެވެ.

އައްޑޫ ސިޓީގައި ނަރުދަމާގެ ނިޒާމް ގާއިމް ނުކުރެވިވާ ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމް 2016 ގެ ނިޔަލަށް ފުރިހަމަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ މިދިޔަ އަހަރު ހުޅުދޫގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.