Last Updated: April 19, 18:16
Friday, April 19, 2024
ރިޕޯޓް

ހާލު "ސީރިއަސް" ކަމަށް ބުނެ ލަންކާއަށް ގެންދިޔަ ދެ ފުލުހުން ދޫކޮށްލައިފި

އަނިޔާވެރިކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި "ސީރިއަސް" އަނިޔާވި ކަމަށް ބުނެ ހުކުރު ދުވަހުގެ ރޭ ލަންކާއަށް ގެންދިޔަ ދެ ފުލުހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ލަންކާ ހޮސްޕިޓަލުން ބުނެފިއެވެ.

މުޅި މީހާއެއްކޮށް ބެންޑޭޖްކޮށް އެންމެ "ސީރިއަސް" މީހުން އުފުލާ ގޮތަށް ގެންދިޔަ ދެ ފުލުހުންގެ ހާލު ސީރިއަސް ނޫން ކަމަށް ރާއްޖޭން އެދެ ފުލުހުން ބެއްލެވި ޑޮކްޓަރާއި ހަވާލާދީ އައިޖީއެމް އެޗްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ބުނާ 2 ފުލުހުންގެ ތެރެއިން އެކެއްގެ ވާތު ކަކުލު ހުޅުގެ ކުޑަ ތަންކޮޅެއް ދުޅަވެފައިވާ ކަމަށާއި އޭނާގެ ކަކުލުގެ މޫވްމަންޓްސް ތައް ވެސް ބަރާބަރު ކަމަށެވެ.
11216126_649274338505570_256335397_n

އަދި 2 ވަނަ ފުލުސް މީހާގެ ބޮލުގެ ފަހަތުން 1.5 ސެންޓިމީޓަރުގެ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި ބޮލުގެ މެދުން ކުޑަ ޑޮޓެއް ވަރުގެ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ބޮލުގައި ރިއްސާތީ މި ފުލުސް މީހާގެ ސީޓީ ސްކޭނަށް ހަދާފައިވާއިރު އޭނާގެ ބޮލަށް ވެސް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެއެވެ.

ހުކުރު ދުވަހުގެ ރޭ އެ ދެފުލުހުން ލަންކާއަށް ފުރުވާލާފައިވަނީ ޑޮކްޓަރުންނާއެކުއެވެ.

ލަންކާ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓާރ އާއި ހަވާލާދީ ރާއްޖޭގެ މީޑިއާއެއްގައި ބުނެފައިވަނީ އެ ދެ ފުލުހުން ލަންކާ ހޮސްޕިޓަލަށް ގެނައީ ސްޓްރެޗާގައި ނޫން ކަމަށެވެ.

ނަމަވެސް އެ ދެފުލުހުން ދޫކޮށްލާފައި ވަނީ 5 ދުވަސް ވަންދެން އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު ކަމަށް ލަންކާ ހޮސްޕިޓަލުން ބުނެއެވެ.