Last Updated: March 28, 17:47
Thursday, March 28, 2024
ކުޅިވަރު

ބާސެލޯނާ އާއި ޔުވެންޓަސް ޗެމްޕިއަންސް ލީގް ފައިނަލަށް

ޖަރުމަނުވިލާތުގެ ބާރލިންގައި އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ، ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާ (ބާސާ) އަދި ޔުވެސްންޓަސް (ޔޫވޭ) ފޯރިގަދަ ކުރިމަތިލުމަކަށް ދާނެކަން ކަށަވަރުވެއްޖެއެވެ.

ބާސެލޯނާ އަކީ ސްޕެއިންގެ އެންމެ ވަރުގަދަ ޓީމެވެ. އަދި ޔޫވޭ އިޓަލީގެ އެންމެ ވަރުގަދަ ޓީމެވެ.

ބާސާ ފައިނަލަށް ދަތުރުކުރީ 2-3 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިކުރުމަށް ފަހު އެވެ. ބާސާ ދެ ގޯލު ވެސް ކާމިޔާބުކޮށް ދީފައިވަނީ، ބްރެޒިލްގެ މަޝްހޫރު ސްޓަރައިކަރ ނޭމާރ އެވެ. މިމެޗުގައި ބަޔާން ޖެހި ގޯލުތަކުގެ ތެރެއިން އެއް ގޯލު ޖަހާ ދީފައިވަނީ ޖަރުމަނުގެ ގައުމީޓީމުގެ ކުޅުންތެރިޔާ ތޯމަސް މުލާ އެވެ.

Barcelona's Lionel Messi fights for the ball against Bayern's Juan Bernat  during the soccer Champions League second leg semifinal match between Bayern Munich and FC Barcelona at Allianz Arena in Munich, southern Germany, Tuesday, May 12, 2015. (AP Photo/Kerstin Joensson)

ޔޫވޭ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 1-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް އާއެކު ކުޅުމަށް ފަހު އެގްރިގޭޓް ނަޓީޖާއިން ދެއްކި ތަފާތަކުންނެވެ. ރެއާލް އަށް ގޯލު ޖަހައިދިނީ 23 މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ޔޫވޭ އަށް ލަނޑު ޖަހާދިނީ 57 ވަނަ މިނިޓްގައި، ސްޕޭންގެ ޤައުމީ ޓީމްގެ ޒުވާން ފޯވާރޑް އަލްވާރޯ މޮރާޓާއެވެ.

Juventus players celebrate at the end of the Champions League second leg semifinal soccer match between Real Madrid and Juventus, at the Santiago Bernabeu stadium in Madrid, Wednesday, May 13, 2015. The match ended in a 1-1 draw and Juventus advances to the final on a 3-2 aggregate. (AP Photo/Andres Kudacki)

ޔޫވޭ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން 2003 ވަނަ އަހަރުވެސް އެޓީމު ވަނީ ފައިނަލުގައި ކުޅެފައެވެ.

މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދަމު 11.45 ގައެވެ.