Last Updated: April 19, 18:16
Friday, April 19, 2024
ވިޔަފާރި

ރޭ ދިއްލީ ފާނޫޒުން! މިރޭ ސޯލާއިން!

އައްޑޫގެ ވިޔަފާރިތަކުން ކަރަންޓް ބިލް ބޮޑުކޮށް، އެކަމަށް ހައްލެއް ފެނަކަ ކޯޕަރޭޝަނުން ހޯދައި ނުދީ ކަރަންޓް ކަނޑާލާ މައްސަލާގައި ވިޔަފާރިވެރިން އަދިވެސް ތިބީ ސާބިތު ކަމާއި އެކުއެވެ.

ކަރަންޓް ކަނޑާލުމާއި ގުޅިގެން، ބައެއް ވިޔަފާރިވެރިން ރޭގަނޑު އުއްބަތި، ފާނޫޒު ފަދަ ތަކެތި ބޭނުންް ކޮށްގެން ފިހާރަތައް ދިއްލަމުން އަންނަ އިރު މިރޭ މިވަނީ ސޯލާ ކަރަންޓުން ފިހާރައެއް ދިއްލާފައެވެ.

ފޭދޫ ބީޗް ސްޓޯރ ރޭ ދިއްލާފައި ހުރީ ފާނޫޒު ދިއްލައިގެންނެވެ. ނަމަވެސް މިރޭ އެފިހާރައަށް ކަރަންޓް ދީފައިވަނީ ސޯލާ ޕެނަލްއެއް މެދުވެރިކޮށެވެ.
11060912_784811674967354_6327470293972006273_n

އައްޑޫ ވިޔަފާރިވެރިތަކުގެ ކަރަންޓް ބިލް ބޮޑު ކުރި މައްސަލާގައި އެކުލަވާލާފައިވާ ސްޓިއަރިން ކޮމެޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ސައީދު (މުއްލާ) ހިންގަމުން އަންނަ "ބީޗް ސްޓޯރަށް" ސޯލާ ކަރަންޓްދީފައިވަނީ ހެޔޮ އެދޭ ފަރާތަކުން ކަން އުފަލާއި އެކު މުއްލާ ފާހަނގަ ކުރިއެވެ.

"ރޭ ފިހާރަ ފާނޫޒު ޖަހައިގެން ދިއްލާފައި ހުއްޓާ ހެޔޮ އެދޭ ފަރާތަކުން އައިސް ބުނީ ސޯލާ ޕެނަލް ހަރުކޮށް، ފިހާރަ ދިއްލޭނެ އިންތިޒާމް ހަމަޖައްސާ ދީފާނަމޭ. އެގޮތުން އެފަރާތުން ޕެނަލް ގެނެސް މިރޭ ފިހާރަ ސޯލާ ކަރަންޓުން ދިއްލޭ ގޮތަށް މި ހެދީ"

މުއްލާ ބުނީ ގިނަ ވިޔަފާރިވެރިންގެ ވިސްނުން ހުރީ އިޔާދަކުރުވަނިވި ހަކަތައަށް ދިއުމަށްކަމަށެވެ.

"އަޅުގަނޑުމެން ގިނަ ވިޔަފާރިވެރިން ބޭނުންވަނީ އިޔާދަކުރުވަނިވި ހަކަތައަށްދާން. އެފަދަ ވަސީލަތް ގާއިމްކޮށްދެވޭނެ ފަރާތެއް އައިސް ހިދްމަތް ދޭންވީ. އަޅުގަނޑުމެން މިތިބީ އެ ހިދްމަތް ލިބިގަންނަން"

ވިޔަފާރިތަކުން ކަރަންޓް ބިލް ކުރުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅި ޝަކުވާތަކަށް އިޖާބަދީފައި ނުވާތީ ވިޔަފާރިވެރިން ދަނީ ތަފާތު ގޮތްތައް ހޯދަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫއަށް ބަރާބަރަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށް ނުދޭވޭތީ އާއި އަދި ދޭ ހިދްމަތައް ނަގާ އަގު ބޮޑުކަމުން ކައުންސިލުންވެސް ދަނީ އިތުރު ފަރާތެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުންވެސް އިސްކަމެއް ދެނީ އިޔާދަކުރުވަނިވި ހަކަތަ އުފައްދައިގެން ކަރަންޓް އުފައްދާނެ ފަރާތެއް ހޯދުމަށެވެ.