Last Updated: April 18, 21:14
Thursday, April 18, 2024
ސިޔާސީ

މަހްލޫފްއަށް އަނެއްކާވެސް މަރުގެ އިންޒާރު

ސަރުކާރާއި ދެކޮޅަށް ނިކުމެ އަޑު އުފުލަމުން އަންނަ ގަލޮޅު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރަށް އަނެއްކާވެސް މިރޭ މަރުގެ އިންޒާރުދީ މެސެޖް ފޮނުވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ދުވާފަރުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް މިވަގުތު މަހްލޫފް ހުންނެވީ ދުވާފަރުގައެވެ.

އެސްއެމްއެސްއަކުން މަހުލޫފަށް ދީފައިވާ މަރުގެ އިންޒާރުގައި ބުނެފައި ވަނީ "ދުވާފަރުން ބާލާނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު" ކަމަށެވެ.
CFIzRLHUMAAGLE-

މަހްލޫފް ދަނީ ސަރުކާރަށާއި، ރައީސް ޔާމީން އަދި ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބްއާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާތަކުގައި ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.