Last Updated: April 20, 17:10
Saturday, April 20, 2024
ޚަބަރު

ބަދު އަޚްލާގީ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީ ކައުންސިލަރަކު ހައްޔަރުކޮށްފި

ކާރެއްގެ ތެރޭގައި ބަދު އަޚުލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެމްޑީޕީއަށް ނިސްބަތްވާ ލ.އަތޮޅުގެ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.

ލ.އަތޮޅުގެ ކައުންސިލް މެމްބަރެއް ކަމުގައިވާ މޫސާ ހަމްދީ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި، އެ އަތޮޅު ކައުންސިލްގެ ކާރު ތެރެއިން ކަމަށް ވެއެވެ.

ރޭ ދަންވަރު 01:00 ހާއިރު އެރަށު ތުނޑިއާއި މަތިމަރަދޫ ބައިކުރި މަގުގެ ހުޅަނގު ކޮޅުގައި ކައުންސިލްގެ ކާރު ތެރޭގައި ބަދުއަޚްލާޤީ ޢަމަލު ހިންގަންތިބި ކަމަށް ތުހުމަތު ކުރެވޭ 39 އަހަރުގެ ފިރިހެނަކާ 31 އަހަރުގެ އަންހެނަކު ލ.ގަމުން ހައްޔަރުކޮށްފައިވާ ކަން ފުލުހުންގެ މީޑިޔާ އޮފިޝަލް ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، ކާރުގެ ތެރެއިން ބަދުއަޚްލާޤީ ޢަމަލު ހިންގުމަށް ބޭނުންކުރެވޭ ކަހަލަ ބައެއް ތަކެތި ފެނިފައިވާކަމަށް ވެއެވެ.