Last Updated: April 20, 16:27
Saturday, April 20, 2024
މުނިފޫހިފިލުވުން

"ސްޓީވް ޖޮބްސް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި

އެޕަލް ކުންފުންޏާ އެކު ދުނިޔެ ބަދަލުކޮށްލި އުފެއްދުންތެރިޔާ ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އާ ފިލްމު "ސްޓީވް ޖޮބްސް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

"ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ އެވޯޑް ހާސިލުކުރި އިނގިރޭސި ވިލާތުގެ ޑައިރެކްޓަރު ޑެނީ ބޮޔޭލް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް ވޯލްޓާ އިސާކްސަން ލިޔުނު ރަސްމީ ބަޔޮގްރަފީ "ސްޓީވް ޖޮބްސް" ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ޖޮބްސްގެ ރޯލުން ފަސްބެންޑާ ފެނިގެންދާއިރު މި ރޯލު ކުޅޭނެ ފަރާތެއް ހޯދުމަށް ދިގު ދަތުރެއް ވަނީ ކުރެވިފައެވެ. އެގޮތުން ލީޑް ރޯލަށް ލިއަނާޑޯ ޑިކެޕްރިއޯ އާއި ކްރިސްޓިއަން ބޭލް އަދި މެޓް ޑޭމަން ވެސް ނަގަން މަސައްކަތްކޮށްފައިވެ އެވެ.ނަމަވެސް އެންމެފަހުން މި ކުޅިގަނޑެއް ދިގުލައިގެން ގޮސް ފިލްމު އުފައްދަން އެންމެ ފުރަތަމަ ނުކުތް ސްޓޫޑިއޯ ކަމުގައިވީ ސޮނީ އިން މި ފިލްމު ވެސް ވިއްކާލީ އެވެ. އެއަށް ފަހު ފަސްބެންޑާ ލީޑް ރޯލަށް ނަގައިގެން މިހާރު މި ފިލްމު ގެނެސްދެނީ ޔުނިވާސަލް އިންނެވެ.

މި ފިލްމު ސިނަމާތަކަށް ނެރޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.