Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

މަލީހު ވަކިކޮށް ޔޫތު މިނިސްޓަރަކަށް ޒުހޫރު އައްޔަންކޮށްފި

މަލީހް ސްޓޭޑިއަމްގައި ނަގާފައިވާ ސެލްފީއެއް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުން މުހައްމަދު މަލީހް ޖަމާލް ވަކިކުރައްވައި އެ މަގާމަށް ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އަދި މީގެ އިތުރުން ހެލްތު މިނިސްޓަރު ކަމަށް އިރުތިޝާމް އާދަމް އައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައިވެ އެވެ. އިރުތިޝާމް މިހާތަނަށް ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ޔޫތު މިނިސްޓަރަކަށް އަހުމަދު ޒުހޫރު ހަމަޖެއްސެވި އިރު، ކުރިން އެ މަގާމުގައި ހުންނެވި މަލީހު ޖަމާލުއާ މެދު އަމަލު ކުރިގޮތާއި ބެހޭގޮތުން ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ބްރިޖް އެޅުމުގެ ތަހުލީލްތައް ކުރަން ކަނޑު އަޑީގައި 29 ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށަން ސުނާމީ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މަލީހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.