Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

މަލީހު ވަކިކުރުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު މަލީހު ޖަމާލު ކުއްލިގޮތަކަށް މަޤާމުން ވަކި ކުރުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް ހެއްޔެވެ ؟

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން ކޮށްދެމުން އައި ހުރިހާ ކަމެއް ވިލަރެސް ކުރައްވަމުން ގެންދެވި ޒުވާން މިނިސްޓަރ މަޤާމުން ވަކިކުރިކަން އެބޭފުޅާއަށް އަންގާފައިވަނީ އޮފީހުގައި އިންނަވަނިކޮށެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށްޓަކައި ބޯހޯލް ތޮރުފަން ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަލީހު ބައިވެރިވެވަޑައިގަތެވެ.

މަޤާމުން ވަކިކުރި ކަން އެންގުމާއި އެކު އޮފީހުން ގެއަށް ވަޑައިގެންނެވި ގޮތަށް މަލީހުގެ ޚަބަރެއް އެއްވެސް ފަރާތަކަށް ވެފައި ނުވާ ކަމަށް ވެއެވެ. މަލީހު މަޤާމުން ވަކިކުރި ސަބަބު ސަރުކާރުގެ ފަރާތުން ހާމަކޮށްފައި ނުވާއިރު ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭގެ ފަހަތުގައި ވަނީ މިނިސްޓަރ އަދީބު ކަމަށެވެ.

މިނިސްޓަރ ކަމުން ވަކި ކުރެއްވުމާއި ހިސާބުން ފެށިގެން މަލީހް ހަނު ހުންނެވުމުގެ ސަބަބުން އެބޭފުޅާ އެކަމާއި ހިތްހަމަނުޖެހިފައިވާ ކަން އެނގިގެން އެބަދެއެވެ.

ޕީޕީއެމް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިގޮތުގައި މަލީހު މަޤާމުން ވަކިކޮށްފައިވަނީ ނައިބު ރައީސް ޑރ.ޖަމީލް އަށް ވަފާތެރި ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ޔޫތު މިނިސްޓްރީގައި މިހާރު ތިބި ކޯޑިނޭޓަރުންނަކީ ސީދާ ރައީސް ޔާމީންގެ އެންގެވުމަށް ކަންތައް ކުރާ މީހުން ކަމަށާއި އެމީހުންނާއި މަލީހު އާއި ދެމެދު އުފެދުނު މައްސަލަ ތަކަކީ ވެސް އޭނާ މަޤާމުން ވަކިކުރުމަށް މެދުވެރިވި އެއް ސަބަބު ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އޮފީހަށް ގަޑިއަށް ހާޒިރު ނުވާ މައްސަލައިގައި ބައެއް ކޯޑިނޭޓަރުންގެ ޝަކުވާ މަލީހު ވަނީ ރައީސް ޔާމީންގެ އަރިހަށް ގެންގޮސްފައެވެ. އަދި މިކަމާއި ހިތްހަމަނުޖެހިގެން އެ ކޯޑިނޭޓަރުން ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބާއި ބައްދަލުކޮށްފައިވާ ކަމަށް ވެސް ވެއެވެ.

ފަހަރުގައި ޕީޕީއެމް ކައުންސިލް މެންބަރާއި ކޯޑިނޭޓަރު ވެސް އިތުރުފުޅު ހައްދަވާފާނެއެވެ.

ދެން އޮތީ އެންމެންގެ ލޮލަށް ވެސް ފެނިފައިވާ މަޝްހޫރް ޕެންޑްރައިވް ގައި ހުރި ޗާޓުގެ ވާހަކައެވެ. އެ ޗާޓުގައި މަލީހު ހިމެނިވަޑައިގަންނަވަނީ ކާނަލް ނާޒިމްގެ ޓީމުގައެވެ. އެހެން ކަމުން މަލީހު މަޤާމުން ވަކިކޮށްފައިވަނީ ނައިބު ރައީސް ޖަމީލު އަށް ވަފާތެރިވުމުންނޭ ކައުންސިލް މެންބަރ ވިދާޅުވި ވާހަކަ ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
61f1a4e44b061154b579a57546c6b5e43b260eface9a4b2af547d378759003291
ޕެންޑްރައިވްގައި ހުރި ޗާޓުގައި ތިބި މީހުންގެ ތެރެއިން މިވަގުތު ސަރުކާރުގެ ފަރާތުން "އެޓޭކެއް" ނުކޮށް ތިބީ އެންމެ އެންމެ 5 މީހުންނެވެ. އެއީ ހޯމް މިނިސްޓަރ އުމަރް ނަސީރު، ނައިބް ރައީސް ޑރ. ޖަމީލް، ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ، މެލޭޝިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) އަދި މަޖިލިސް މެންބަރެއް ކަމުގައިވާ ހުސެއިން މަނިކެވެ.

ޔޫތް މިނިސްޓަރ ކަމުން ވަކި ކުރުމާއި އެކު މަލީހު ވެސް ވަނީ ސަރުކާރުގެ ފަރާތުން ކުރި "އެޓޭކެއް" ގައި ނިޒާމުން ގެއްލިގެން ދިޔައީއެވެ. ސުވާލަކީ ޕެންޑްރައިވަގައި ހިމެނުނު ޗާޓުގައި ތިބީ ސަރުކާރުން ނެރެލަން ބޭނުންވާ މީހުންނާއި ޖަލަށް ލުމަށް ނިންމާފައިވާ މީހުން ބާވައެވެ ؟

ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ޕެންޑްރައިވް ގައި ހުރި މައުލޫމާތަކީ ސަރުކާރުން އަޑީގައި އޮވެގެން ހަދައިގެން އުޅޭ މައުލޫމާތު ތަކެކެވެ. އެހެން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ މަލީހު ހަމަ ހަޤީޤަތުގައި ވެސް ސަރުކަރާ ދެކޮޅަށް ކަންތަކެއް ހިންގެވީ ކަމަށް ވެސް ވެދާނެއެވެ.