Last Updated: April 20, 11:49
Saturday, April 20, 2024
ސިޔާސީ

ރައީސް ޔާމީންގެ އުފަންދުވަސް ޕީޕީއެމް ފޭދޫ ގޮފިން ފާހަގަކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ އުފަންދުވަސް އައްޑޫ ސިޓީ ފޭދޫގެ ޕީޕީއެމް ގޮފީގެ ފަރާތުން ފާހަގަކޮށްފިއެވެ.

މިގޮތުން ރޭ ފޭދޫގެ ޕީޕީއެމް ގޮފީގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް މެންބަރުން އިސްނަގައިގެން ކޭކު ފެޅުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފޭދޫގެ ޕީޕީއެމް ގޮފިން ރައީސް ޔާމީންގެ އުފަންދުވަސް ފާހަގަކުރުމަށް ކޭކު ފަޅާފައި ވާއިރު ސަރުކާރުގެ އިސް އޮފިޝަލުންނާއި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންނާއި ސަޕޯޓަރުންގެ އިތުރުން އާއްމުން ދަނީ ސޯޝަލް މީޑިއާގައި ވެސް ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.

އައްޑޫ ސިޓީގެ އެހެން ރަށްތައް ކަމުގައިވާ ހިތަދޫ އާއި މަރަދޫގައި ވެސް ރައީސް ޔާމީންގެ އުފަންދުވަސް ފާހަގަކުރުމަށް އަދި އެއްވެސް ހަރަކާތެއް ހިންގާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ހުޅުމީދޫގައި ވެސް ވަކި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައި ނުވާކަމަށް އެރަށުން ވާހަކަދެއްކި ޕީޕީއެމް އޮފިޝަލަކު ވަނީ ބުނެފައެވެ.

10006094_1490821777874449_8245511577108956863_o