Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ޕީޕީއެމް ޖަގަހައިގެ ބަދަލުގައި އުމަރު ޒާހިރަށް ދެވުނީ އިދިކޮޅު ފަރާތްތަކުގެ ޖަގަހައަށް !

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އަހްމަދު ފާރިސް މަޢުމޫންގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރަސްމިއްޔާތަށް ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެއް ކަމުގައިވާ އުމަރު ޒާހިރަށް ދަޢުވަތުއެރުވުމުން އޮޅިގެން، އިދިކޮޅު ފަރާތްތަކުގެ ޖަގަހައަށް ދެވިއްޖެއެވެ.

އުމަރު ޒާހިރު އެމްޑީޕީގެ ޖަގަހައަށް ދިއުމުން ނަގާފައިވާ ފޮޓޯތަކެއް އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިޔާގައި އާންމުކުރުމާއި ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ހަސަން މަނިކު ވަނީ ރޭގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކަކީ މަކަރުހަދާ އޮޅުވާލައި ބަޔެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެގޮތުން މިރޭގެ ރަސްމިއްޔާތަށް ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެއް ކަމުގައިވާ އުމަރު ޒާހިރަށް ދަޢުވަތުއެރުވުމުން އެމަނިކުފާނަށް އޮޅިވަޑައިގެން، ވަޑައިގެންނެވުނީ އިދިކޮޅު ފަރާތްތަކުގެ ޖަގަހައަށް ކަމަށެވެ.

“އެމަނިކުފާނަށް ލިބިވަޑައިގަތް މެސެޖުގައި ވާނެ، ފާރިސް މަޢުމޫންގެ ކެމްޕޭން ޖަގަހަ ޕާޓީ އޮފީސް ކައިރީގަ ހުޅުވާ ވާހަކަ. އެހެންވީމަ އެނގިވަޑައިނުގެން، ޖެހިގެން މިއީނދަ ކާޅު ސެންޓަރަށް (އެމްޑީޕީ ޖަގަހަ) މިވަޑައިންނެވުނީ. ހަމަ ވަޑައިންނެވުނީ މިހާރު ޓްވީޓް ކޮށްފި، އަނިޔާވެރިކަން ނިންމަން އުމަރު ޒާހިރު ނުކުމެއްޖެ، އެފޮޓޯއާ އެއްކޮށް. އެހެންވީމަ މިހާ މަކަރުވެރި ބަޔަކު ރައްޔިތުންނަށް ކޮން ޚިދުމަތެއް ކޮށްދިނުމުގެ ވާހަކަތޯ މިދައްކަނީ،” ނިހާން ވިދާޅުވިއެވެ.
11063710_10206315437982156_8624070731513470290_n (1)
އޮޅިގެން އެމްޑީޕީ ޖަގަހައަށް ދެވުނު ނަމަވެސް ފަހުން އުމަރު ޒާހިރު ވަނީ ފާރިސް މަޢުމޫންގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.