Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ގައުމީ ހަރަކާތުގެ ބައިވެރިން މަގު މައްޗަށް ނިކުންނަން ނިންމައިފި

އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ގައުމީ ހަރަކާތުގެ ބައިވެރިން މަގުމައްޗަށް ނުކުންނަން ނިންމާފައެވެ.

އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ހަރަކާތުން ބުނީ ގައުމީ ހަރަކާތުގެ އެއްވުން ބުދަ މިރޭ ސީގަލް ކަންމަތީގައ 9:30 ގައި އޮންނާނެ ކަމަށެވެ. އަނިޔާވެރިކަމާ ދެކޮޅު ޖަގަހައެއް އާޓިފިޝަލް ބީޗް ކައިރީގައި ހުޅުވި ފަހުން މަގުމަތީގެ ބަދަލުގައި ޖަލްސާތައް ކުރިއަށް ގެންދަނީ އެ ހަރުގޭގައެވެ.

މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ މިހަރަކާތުގައި އެމްޑީޕީ އަދި ޖުމްހުރީ ޕާޓީގެ އިސްވެރިންގެ އިތުރުން އަދާލަތު ޕާޓީގެ އިސްވެރިން ބައިވެރި ވަޑައިގެންނަވާނެ ކަމަށް ގައުމީ ހަރަކާތުން ބުނެއެވެ.

މިރޭ ބާއްވަން ނިންމާފައިވާ އެއްވުމުގައި އެމްޑީޕީގެ މެންބަރުންނާއި، ޖަލުގައި ބަންދުކޮށްފައި ހުންނެވި ރައީސް މުހައްމަދު ނަޝީދަށް ހެޔޮއެދޭ އަދި ޤައުމުގެ އިސްލާހަށް މަސައްކަތް ކުރާ އިދިކޮޅު ޕާޓީތަކުގެ މެންބަރުން ބައިވެރިވުމަށް ވަނީ ގައުމީ ހަރަކާތުން އިލްތިމާސްކޮށްފައެވެ.