Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ބޮލުގައި ބަދުނާމު އަޅުވާ ފަރާތްތަކަށް "ހައްގު ޖަޒާ" މިސަރުކާރުން ދޭނެ : ރައީސް ޔާމީން

ޑރ. އަފްރާޝީމްގެ މަރާ ގުޅުވައިގެން އެމަނިކުފާނުގެ ބޮލުގައި ބަދުނާމު އަޅުވަމުންދާ ފަރާތްތަކަށް ޙައްޤު ޖަޒާ މި ސަރުކާރުން ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އަފްރާޝީމް ޝަހީދު ކޮށްލާފައިވާއިރު އެކަމުގެ މޮޅިވެރިކަން މިއަދުވެސް އެބައޮތް ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ އަފްރާޝީމްގެ މަރާ ގުޅުވައިގެން އެމަނިކުފާނުގެ ބޮލުގައި ބަދުނާމް އަޅުވަމުންދާ ކަމަށާއި ފަރާތްތަކާއި މެދު ޖިނާއީ ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

"ވަރަށް ބޮޑު ބަދުނާމްތައް އަޅުގަނޑުގެ ބޮލުގައި އަޅުވަމުން އެބަދޭ، އެމީހުންނަށް ހައްގު ޖަޒާ މިސަރުކާރުން ހަމަ ލިބިގެންދާނެ. މި އިލްޒާމްތައް އަޅުވާ ފަރާތްތަކާ މެދު އަޅުގަނޑު ގަސްތުކުރަނީ ދައުވާ އުފުލަން. އަބުރުގެ ދައުވާއެއް ނޫން. ހަމަ ޖިނާއީ ދައުވާ އުފުލަން. އެދައުވާތައް ހިނގާނެ. ޝެއިހް އިމްރާގެ މައްޗަށް މިދައުވާ އަޅުގަނޑު ކުރާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ އެންމެ އަރިސް މިނިސްޓަރ ކަމަށްވާ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބު ޑިފެންސް މިނިސްޓަރ ކަމާއި ހަވާލުވެގެން ހުންނަވަނިކޮށް ، އަފްރާޝީމް މަރާލި މައްސަލައިގެ ދައުވާ ލިބޭ އަޒްލިފް ރައޫފް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގައި އަދީބުގެ އަތެއްވާކަމަށް ސިޔާސީ ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.