Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު އެއް މަތިންދާބޯޓު ރާއްޖެއައިކަން އެނގޭތަ؟

ދުނިޔޭގެ އެންމެ ބޮޑު އެއް މަތިންދާބޯޓު އޭއެން100-124 މިއަދުގެ ވަގުތެއްގައި ރާއްޖޭގައި ޖައްސައިފިއެވެ.

އޭއެން100-124 ރާއްޖޭގެ އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެޔާޕޯޓުގައި ޖައްސާފައިވާއިރު މިއަދު ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އޭއެން225 މްރިޔާ ވަނީ 4067 ކިލޯމީޓަރުގެ ދިގު ދަތުރަކަށް ފަހު އޮސްޓްރޭލިޔާގެ ޕާތްއަށްވެސް ޖައްސާފައެވެ.

600 ޓަނުގެ މިބޯޓު ޔުކްރެއިންއިން އިން ނައްޓާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޗެކް ރިޕަބްލިކް ގެ ޕްރާގްއަށް މިސްރާބުޖަހައި އެރަށަށް ބޯޓު ޖެއްސީ 120 ޓަނުގެ ޖަނެރޭޓަރެއް ނަގާށެވެ. ބޯޓު ރީފިއުލް ކުރަން ޖައްސާފައިވަނީ ތުރުކުމުނިސްތާން، ހައިދަރްއާބާދްގެ އިތުރުން ކުއަލަ ލަމްޕޫރަށެވެ.

4067 ކިލޯ މީޓަރުގެ ދަތުރެއް ކުރުމަށް ފަހު ބޯޓުގެ މަންޒިލް، އޮސްޓްރޭލިޔާގެ ޕާތް އަށް މިހާރު ޖައްސާފައިވާއިރު އޮސްޓްރޭލިޔާ އިން ފުރައިގެން ޖަރުމަނަށް ދާން ދަތުރު ފަށާނީ 48 ގަޑިއިރު އޮސްޓްރޭލިޔާގައި މަޑުކޮށްފައެވެ.

ބޯޓު ޕާތްގެ އެޔާޕޯޓަށް ޖެއްސިއިރު އެރަށުގެ 15000 މީހުންވަނީ ބަނދަރު ކައިރިއަށް ބޯޓު ބެލުމަށް އެއްވެފައެވެ. މީހުން ބޯޓާމެދު އެހާ އާޝޯހުވަނީ އޭގެ ބޮޑު ކަމާހެދިއެވެ. 84 މީޓަރު ދިގުމިނުގައި ހުރި މިބޯޓުގައި 6 އިންޖީނުވެއެވެ.

ޗެނެރީ ނަމަކަށް ކިޔާ މީހަކުވަނީ ބޯޓު ނައްޓާލުމުން ހެލިކޮޕްޓަރެއް ކުއްޔަށް ހިފައި ބޯޓު ވައިގައި ވަނިކޮށް އެކި އެންގަލް ތަކުން ފޮޓޯ ވެސް ނަގާފައެވެ. އޭނާ ވަނީ ބޯޓު ޔުކްރެއިންއިން ނައްޓާލުމާއެކު ބޯޓާއެކު ޕާތް އާ ހިސާބަށް ހެލިކޮޕްޓަރުގައި ދަތުރުކޮށްފައެވެ. ޗެނެރީ ބުނެފައިވަނީ މިއީ އޭނާއަށް މަތިންދާބޯޓުގެ ހަޔާތުން ފެނިފައިވާ އެންމެ މުހިންމު އެއް މަންޒަރެވެ.