ހިތަދޫގައި ކުރިން ލޯކަލް މާރުކޭޓް ހިންގި އިމާރާތާއި އެ އަވަށު މަސް މާރުކޭޓް ކުއްޔަށް ދޭން އައްޑޫ ސިޓީ ކައުންސިލިން އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނީ ދެ އިމާރާތް ކުއްޔަށް ދޭ އިރު، މަސް މާރުކޭޓްގައި ކުރެވޭނީ މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތަކެވެ.
އަދި ލޯކަލް މާރުކޭޓް ބޭނުން ކުރެވޭނީ މަސްވެރިކަމާއި، ދަނޑުވެރިކަމާ ގުޅުން ހުރި ވިޔަފާރިތަަކަށް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މަސް މާރުކޭޓްގެ ފުރަގަހުން ހުރި ހިތަދޫ ލޯކަލް މާރުކޭޓަކީ ކުރިން ދިވެހި އުފެއްދުންތައް ވިއްކުމުގެ ވިޔަފާރި ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔަ ތަނެކެވެ.
އެހެންވެ އެ ދެ ތަން ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެ ދެ އުމާރާތް ކުއްޔަށް ދޫކުރާނީ 10 އަހަރުގެ މުއްދަތަކަށް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މި ދެ ޢިމާރާތް ބަލަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ލޯކަލް މާރުކޭޓް ޢިމާރާތް ބަލަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެކަމުގެ އިންތިޒާމު ހަމަޖައްސަވައިދެވޭނެއެވެ.
މިކަމާ ބެހޭ ގޮތުން މަޢުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 6880043 އަށް ގުޅުމުން މައުލޫމާތު ލިބޭނެ އެވެ.