Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

"ބެސްޓް ސިކެލްޝަން" މެގަ ސޭލް އަންނަ މަހު

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މީދޫ "ބެސްޓް ސިލެކްޝަން" ފިހާރަ އިން ހާއްސަ ސޭލެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

"ބެސްޓް ސިލެކްޝަން މެގަ ސޭލް 2016" ގެ ނަމުގައި ކުރިއަށް ގެންދާ ސޭލް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 1-5 އަށް ކަމަށް އެ ފިހާރަ އިން ބުންޏެވެ.

އާންމު ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ބާވަތްތަކުގެ މުދާ ސޭލް ކުރިއަށްދާ ދުވަސްތަކުގައި ވަަަރަށް އަގުހެޔޮކޮށް ވިއްކަން ހަމަޖެހިފައިވެ އެވެ.

އެގޮތުން 90 ޕަަސަންޓާ ހަމަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބެސްޓް ސިލެކްޝަނުން ބުންޏެވެ.

GJHJK

އެ ފިހާރައިން ބުނީ މި ސޭލްވެގެން ދާނީ ރޯދަ މަހަށް ގެއަށް ބޭނުންވާ ތަކެތި ވީހާ ވެސް ކުދަ އަގެއްގައި ރައްޔިތުންނަށް ހޯދަން ލިބިގެން ދާނެ ފުރުސަތެއް ކަމަށެވެ.

ސޭލުން ހާއްސަކޮށް ބަދިގެ އާއި ގޭތެރެ އަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ލިބެން ހުންނާނެ އެވެ.

ބެސްޓް ސެލްކްޝަން ކޮމްޕެނީން ތައްޔާރުކޮށް ވިއްކާ ކުލަތައް ވެސް ރޯދަ މަހާ ދިމާކޮށް ވަރަށް ހާއްސަ އަގެއްގައި މިހާރު އަންނަނީ ވިއްކަމުންނެވެ.