Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޒާހިރު ނަސީރު އަވަހާރަވެއްޖެ

ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ޚިދުމަތްތަކެއްކޮށް ދެއްވި އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ޒާހިރު ނަސީރު މިއަދު އަވަހާރަވެއްޖެ އެވެ.

ޒާހިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގަ އެވެ.

އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ. ޒާހިރު ދުވަހަކު ވެސް ކައިވެންޏެއް ނުކުރައްވަ އެވެ.

ކުޅިވަރަށް ޒާހިރު ނަސީރު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން އޭނާއަށް އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް އަރުވާފައިވެ އެވެ.

ކުޅިވަރުގެ އިތުރުން ދެން ޒާހިރު ނަސީރު ފާހަގަކޮށްލެވެނީ ނޫސްވެރިކަމުގެ ދާއިރާގަ އެވެ.