Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

ޖިންސީ ދުޅަހެޔޮކަން 40 އިން މައްޗަށް ދިއުމުން ވަރުގަދަވޭ!

ދެ ޖިންސުގެ މީހުންގެ މެދުގައި ޖިންސީ ދުޅަހެޔޮކަން އުމުރުން 40 އިން މައްޗަށް ދިއުމުން މާ ބޮޑަށް ވެސް ވަރުގަދަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާ ހަދާފައި ވަނީ ކޮމްޑަމް އުފައްދާ ކުންފުންޏެއް ކަމަށްވާ ރޯޖަން އާއި ސެކްސް އިންފޮމޭޝަން އެންޑް އެޑިއުކޭޝަން ކައުންސިލް އޮފް ކެނެޑާ (ސީއައިއީސީސީއޭއެން) ގުޅިގެންނެވެ.

އެ މީހުން ހެދި ދިރާސާ އިން ސާބިތުވި ގޮތުގައި އުމުރުން މައްޗަށްދާ ވަރަކަށް ޖިންސީ އުފާތަަކަަށް ހުނަ ޖޯޝާއި ފޯރި ކުޑަވާ ކަމަށް ހީކުރެވިފައި އޮތަސް އެއީ ހަގީގަތެއް ނޫނެވެ.

އުމުރުން ސާޅީހުން މަތީގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ހެދި ދިރާސާ އިން ދެއްކި ގޮތުގައި އުމުރުން 40 އިން މައްޗަށް ދިއުމަކީ ދެ ޖިންސުގެ މީހުންގެ މެދުގައި ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.

"އެހެންވީމާ މިއިން ސާބިތުވި ކަމަކީ ޖިންސީ ބަލިކަށިކަމާއި ޖިންސީ ދުޅަހެޔޮކަމާ އުމުރާ ގުޅުމެއް ނެތްކަން،" ދިރާސާ ހެދުމުގައ އިސްކޮށް ބައިވެރިވި ރޮބިން މިލްހޯސަން ބުންޏެވެ.

އޭނާ އަދި ބުނީ ގުޅުމެއް ގިނަ ދުވަހަށް ނުވަތަ މުޅި އުމުރަށް ދަމަހައްޓަން ބޭނުންވާ ނަމަ، ޖިންސީ އުފާވެރިކަން ލިބިގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެހެންވެ އެކަމަށް މިހާރު އެއްވެސް ހުރަހެއް ނެތްކަން ދިރާސާ އިން ވެސް ސާބިތުވެއްޖެ ކަމަށް ރޮބިން ބުންޏެވެ.