Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ދޮންކެޔޮ ސައި: ހިނގާ މީތި ޓްރައިކޮށްލަމާ!

ދުވަހަކު ވެސް ބަނާނާ ޓީ ނުވަތަ ދޮން ކެޔޮ ސައިގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ ނޫން ކަމަށްވާ ނަމަ ޓްރައިކޮށްލަން ހިނގާށެވެ.

މިކަމަށް ބޭނުން ވާނީ ދޮންކެޔޮ ވަކަކާއި ފެނެވެ.

ފުރަތަމަ ހަދާނެ ގޮތަކި ދޮންކެޔޮވައް ރީތިކޮށް ދޮވެލާނީ އެވެ. ދެން އޭގެ ދެކޮޅު ކަނޑާލާށެވެ.

އުނދުން މައްޗަށް ފެން ހޫނު ކުރަން އުދާށެވެ. ފެން ރަނގަޅަށް ހޫނުވީމާ އޭގެ ތެރެއަށް ދޮންކެޔޮ އަޅާށެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް ކެއްކުމަށް ފަހު ހޫނު ކުރި ފެން މަގަަކަށް ނުވަތަ ޖޯޑަކަށް އަޅައިގެން ރަހަ ބަލާށެވެ. ކަމުދާނެ އެވެ. ރަހަ އިތުރަށް ރަނގަޅު ކުރަން ބޭނުން ނަމަ، ހިމުންކޮށްފައި ހުރި ފޮނިތޮށިކޮޅެއް އަޅާލާށެވެ.

ދެން ދޮންކެޔޮ އުކާލަން ބޭނުން ނޫން ނަމަ، ތޮއްޓާ އެކު ފެނު ކެއްކި ދޮންޔެކޮ ކޮށާލައިގެން ކާލާށެވެ. ވަރަށް މީރު ވާނެ އެވެ.

ތޮއްޓާ އެކު ދޮންކެޔޮ ނުކާންވީ ސަބަބެއް ނެތެވެ. އޭގައި ގިނަ އަދަދަކަށް މެގްނީޒިއަމް އެކުލެވިގެންވެ އެވެ. އޭގެ ސަބަބުން ނިދަން ފަސޭހަކޮށްދެ އެވެ.

މީގެ އަސްލު ރަހަ އެނގޭނީ އަމިއްލަ ޓްރައިކޮށްލުމުންނެވެ. އެކަމާ އުޅެން ހިނގާށެވެ. ރޭގަނޑު ނިދުމުގެ ކުރިން ދޮންކެޔޮ ސައި ތައްޓެއް ބޯލުމަކީ އަރާމު ނިންޖަކަށް މަގުފަހި ވާނެ ކަމެކެވެ.