Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

އަންނާރުގެ ހަތަރު ފައިދާއެއް ބުނެދެންތަ؟

އަންރާނަކީ ގިނަ ބަޔަަކަށް ވަރަށް މީރު މޭވާއެކެވެ. އެތެރޭގައި ރަތް ކުލައިގެ ކުުދިކުދި އޮށްތަކެއް ހުންނަ މި މޭވާއަކީ ރާއްޖޭގައި ވެސް ކޮންމެ ވެސް ވަރަކަށް ހައްދާ މޭވާއެކެވެ.

އެކަމަކު ބާޒާރުން ގަންނަން ލިބެނީ ރާއްޖޭން ބޭރުން އެތެރެ ކުރާ އަންނާރެވެ. އަންނާރު ގެންނަ ތަނެއް މުހިއްމެއް ނޫނެވެ. މުހިއްމީ އެއިން ލިބޭ ފައިދާތަކެވެ.

ގިނަ އަަދަދަަކަށް ފެން ވެސް އެކުލެވޭ އަންނާރަކީ މައިގަނޑު ހަތަރު ފައިދާއެއް ފޯރުކޮށްދޭ މޭވާއެކެވެ. އެ މޭވާ ކާ ނަަމަ ހަންގަނޑު ރީތިކޮށްދެ އެވެ.

ތަޖުރިބާކާރުން ބުނަނީ އާންމުކޮށް އަންނާރު ކާ ނަމަ ހަންގަނޑުގައި ރޫ ޖެހުން ދުރުކޮށް ދީ، ޒުވާންކަންމަތީ ހަންގަނޑު ބަހައްޓައިދީ، ތާޒާކޮށްދޭ ކަމަށެވެ.

އަންނާރަކީ ކެންސަރުުން ވެސް ރައްކާތެރިކޮށް ދޭ މޭވާއެކެވެ. އޭގައި އެކުލެވޭ އެންޓި އޮކްސިޑަންޓްސް އާއި ޕޮލިފެނަލްސްގެ ސަބަބުން ކެންސަރު ޖެހިދާނެ ކަންކަމާ ހަނގުރާމަކޮށް ދެ އެވެ.

މީގެ އިތުުރުން އަންނާރަކީ ދަތަށް ވެސް ރަނގަޅު ފަރުވާއެކެވެ. އެ ކެއުމުން ދަތްތައް ވަރުގަދަކޮށްދީ ދަށްތައް ފަނި ކެއުން ފަދަ މައްސަލަތަކުން ސަލާމަތްކޮށް ދެ އެވެ.

ހަމަ މިއާ އެކު ހަށިގަނޑު ލޭގެ ޕްރެޝަރު ހަމަ މިންވަރުގައި ބަހައްޓައި ދޭން އަންނާރު ބާރު އަޅައި ދެ އެވެ. އަންނާރު ކެއުމުން ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފަހައްޓައި ދެ އެވެ.

އަދި އަންނާރު ޖޫހަކީ ހިތުގެ މައްސަލަތައް ހުންނަ މީހުން ވެސް ބޯން ދެވަނައެއް ނެތް ޖޫހެކެވެ.