Last Updated: April 19, 17:23
Friday, April 19, 2024
މުނިފޫހިފިލުވުން

"މިރްޒިޔާ" އޮކްޓޯބަރު 7 ގައި

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރް ބޮލީވުޑަށް ލޯންޗް ކުރާ ފިލްމް "މިރްޒިޔާ" އަންނަ އޮކްޓޯބަރު މަހުގެ ހަތެއްގައި ރިލީޒް ކުރަން ނިންމައިފި އެވެ.

އެ ތާރީހުގައި ފިލްމް ރިލީޒް ކުރާކަން ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ވަނީ ޓްވިޓާގައި ވެސް ޔަގީންކޮށް ދީފަ އެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާ މިދިޔަ އަހަރު ވަނީ ދައްކާލައިފަ އެވެ.

"މިރްޒިޔާ" އަކީ ތާރީހީ އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގައި ހާޝް، 25، އާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ ސައްޔާމީ ކޭރް އެވެ.

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމަށް "މިރްޒިޔާ" ވާ އެއް ސަބަބަކީ މި ފިލްމަކީ "ބާގް މިލްކާ ބާގް" އާއި "ރަންގް ދެ ބަސަންތީ" ފަދަ މޮޅެތި ފިލްމުތަކެއް ގެނެސް ދީފައިވާ ޕްރަކާޝްގެ ފިލްމަކަށްވުމެވެ. އެހެންވެ ފިލްމް މޮޅުވާނެކަމާ ދޭތެެރޭ އެއްވެސް ޝައްކެއް ނެތެވެ.

މިއީ 2013 ގައި ރިލީޒް ކުރި "ބާގް މިލްކާ ބާގް" އަށް ޕްރަކާޝް ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ.

"މިރްޒިޔާ" ހާއްސަވާ އަނެއް ސަބަބަކީ އަނިލްފެ ފިރިހެން ދަރިއާ އެކު ބޮލީވުޑަށް އަނެއްކާ ވެސް ޒުވާން އާ އެކްޓަރަކު ތައާރަފުވާތީ އެވެ.