Last Updated: April 20, 16:27
Saturday, April 20, 2024
މުނިފޫހިފިލުވުން

އެކްޓަރު ސްރޭޝް ޗަޓްވާލް މަރުވެއްޖެ

ޓީވީ ޝޯ "އެފްއައިއާރް" ފަދަ ޝޯތަކާއި ބައެއް ފިލްމުތައް ކުޅެފައިވާ އެކްޓަރު ސްރޭޝް ކަޓްވާލް ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.

އޭނާގެ އާއިލާގެ ފަރާތުން ދަރިފުޅު ޔަމަން ޗަޓްވާލް ނެރުނު ބަޔާނެއްގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އެޅުމަށް ފު ސްރޭޝް މަރުވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަަމަށާއި އޭނާގެ ޖަނާޒާ އިއްޔެ ބާއްވާފައިވާ ކަމަށެވެ.

ސްރޭޝް މަރުވި ހަބަރާ ގުޅިގެން އޭނާ އާ އެކުގައި މަސައްކަތް ކުރި ބައެއް ތަރިން ވަނީ އާއިލާ އަށް ތައުޒިޔާ ވެސް ކިޔައިފަ އެވެ.

"އެފްއައިއާރް" ގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ކަވީތާ ކޯޝިކް ކުރި ޓްވީޓެއްގައި ބުނީ ޝޯގައި ޕޮލިސް ކޮމިޝަނަރުގެ ރޯލް ކުޅުނު ސްރޭޝް މަރުވެގެން ދިޔަ ހަބަރު ލިބުމުން ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބުނު ކަމަށެެވެ.

ކަވީތާ ކުރި ޓްވީޓްގައި އަދި ބުނެފައި ވަނީ ސްރޭޝްއަކީ ސެޓްގައި ވަރަށް ފޯރީގައި މަސައްކަތް ކުރި އަދި އިހު ޒަމާނުގެ ފިލްމުތަކާ ބެހޭ މައުލޫމާތުން ވަަރަށް މުއްސަނދި އެކްޓަރެއް ކަމަށެވެ.

ސްރޭޝް ފިލްމީ ދާއިރާ އަށް ނިކުތީ 1969 ގައި "ރާކާ ރާކީ" އިންނެވެ.

އޭނާ ފެނިފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ކޮއިލާ"، "ކަރަން އަރްޖުން" އަދި "މުންނާބާއީ އެމްބީބީއެސް" ހިމެނެ އެވެ.