Last Updated: April 25, 22:42
Thursday, April 25, 2024
ސިޔާސީ

އިދިކޮޅު ފަރާތްތައް ލަންޑަނުގައި ބައްދަލުވުމެއް ބާއްވަނީ

ރާއްޖޭގެ ސިޔާސީ އިދިކޮޅު ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް ގޮތްކެއް ނިންމުމަށް ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ލަންޑަނުގައި ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިދިކޮޅު ގިނަ ސިޔާސީ ލީޑަރުން މިވަގުތު ގެންދަވަނީ ރާއްޖޭން ބޭރުގައި ދިިރިއުޅުއްވަމުންނެވެ.

އޭގެ ތެރޭގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެެ.

އެ ބޭފުޅުންނާ އެކު ބާއްވާ ބައްދަލުވުމުގައި ބައިވެރިވުށް ރާއްޖޭން ވެސް ބައެއް ބޭފުޅުން މިހާރު ވަނީ ލަންޑަނަށް ފުރާވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކެނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އާއި އަދަލާތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ހިމެނެ އެެވެ.

ލަންޑަނުގައި ބާއްވާ ބައްދަލުވުމަށް ބައެއް ސިޔާސީ ބޭފުޅުން ފުރާވަޑައިގެންނެވި ނަމަވެސް، މި ބައްދަލުވުން ބާއްވާ ތާރީޚެއް އަދި ސާފެއް ނުވެ އެވެ.