Last Updated: April 25, 17:59
Thursday, April 25, 2024
މުނިފޫހިފިލުވުން

ޕްރޮޑިއުސަރު ވިކާސް މޯހަން މަރުވެއްޖެ

މަދޫރީ ޑިކްޝިޓާއި އަކްޝާ ކުމާރު ލީޑް ރޯލް ކުޅުނު "އާރްޒޫ" އާއި "ލިބާސް" ފަދަ ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ ވިކާސް މޯހަމް މިއަދު މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުއްލި ގޮތަަކަށް ވިކާސް މަރުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެން މުމްބާއީގެ ކްރިޓިކް ކެއާ ހޮސްޕިޓަަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މިއަދުގެ މެންދުރު ވާން އުޅެނިކޮށެވެ.

ވިކާސްއަކީ ޕްރޮޑިއުސަރެއްގެ އިތުރުން ބޮލީވުޑްގެ ވިޔަފާރި ހަބަރުތައް ދިރާސާ ކުރާ އެނަލިސްޓެކެވެ. އަދި އޭނާއަކީ ޓްރޭޑް މެގެޒިންގެ ވެރިޔާ ވެސް މެ އެވެ.

އޭނާގެ ޖަނާޒާ މިއަދު މެންދުރު ފަހު 2:00 ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ވިކާސް މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މިހާރު އަންނަނީ ހިތާމަ ފާޅުކޮށް ޓްވީޓް ވެސް ކުރަމުންނެވެ.