Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫގައި 300 ހައުސިން ޔުނިޓް އަޅަނީ

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކްލޯރަސްގެ ހައުސިން ޕްރޮޖެކްޓްގެ މޮޑެލްއެއް. ފޮޓޯ/ ކްލޯރަސް

އަންނަ މަހުގެ ތެރޭގައި އައްޑޫގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެެވެ.

ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އެ ހައުސިން ޔުނިޓްތައް އެޅުމަށް ކުރަންޖެހޭ ކަންކަން ނިމި މިހާރު އެކަމަށް ބޭނުންވާ ފައިސާ ވެސް ވަނީ ލިބިފަައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ރައީސް ނުދެއްވަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އައްޑޫގައި 700 ހައުސިން ޔުނިޓް ހަދާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ތިން އަހަރުގެ ވެރިކަން ނިމިގެން ދިޔަ އިރު ހެދުނީ ފޭދޫގައި އިމާރާތް ކުރި 25 ހައުސިން ޔުނިޓް އެކަންޏެވެ.