Last Updated: March 28, 13:31
Thursday, March 28, 2024
ރިޕޯޓް

މިއިން ވެސް ފިލާވަޅެެއް ލިބޭނެ ނަމަ އެވެ.

ދެ އަހަރުގެ ފިރިހެން ކުއްޖަކު ޗައިނާގެ މަގުމަތީގައި ސިނގިރެޓް ބޮމުން ދިޔަ އިރު އެތައް ބަޔަކު ތިބީ މަޖާވެފައި އެކަންތައް ވީޑިއޯ ކުރުމުގައި އަވަދި ނެތި އެވެ. މި ވާހަކަ ބޭރުގެ ވަރަށް ގިނަ މީޑިއާތަކުގެ ސަމާލު ކަމަށް ވެސް އައިސްފައިވެ އެވެ.

މިއީ އިންސާނުންގެ ހާލަތު މިހާރު ގޮސްފައި އޮތް ހިސާބެވެ. ހިތާމަ ކުރަން ޖެހޭ ކަމަކީ އެ މައުސޫމް ތުއްތު ކުއްޖާ އެކަންތައް ކުރުމަށް އެތާ ތިބި މީހުން ހިތްވަރުދީ އަތް ޖަހަމުން ދިޔަ ކަމެވެ.

ހަމަ ޔަގީނުން ވެސް އެ ކުއްޖާ އެކަން ކުރުމަށް ސިނގިރެޓް ދީ އަދި އެ ރޯކޮށްލައި ދޭނީ ވެސް ތަސައްރަފް ފުދިފައިވާ މީހެއްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އަދި އެއީ އަމިއްލަ އަށް ސިނގިރެޓެއް ހޯދައިގެން ބޯލަން އެނގޭ ވަރަށް ކުޑަ ތުއްތު ކުއްޖެކެވެ. ޔަގީނާ ގާތަށް ކަށަވަރުވާ ކަމަކީ އެ ކުއްޖާގެ އަތަށް އެ ސިނގިރެޓް ފޯރުކޮށް ދޭނީ ބޮޑު މީހެއް ކަމެވެ.

އެ ކުއްޖާ ސިނގްރެޓް ބޮމުން ދިޔައީ ޗައިނާގެ މަގުމަތީ ހުރި ކުޑަ މޭޒެއްގެ ކައިރީ ހުރި ކުޑަ ގޮނޑިއެއްގައި އިށީނދެ އިނދެގެންނެވެ.

article-2650765-1E865CCE00000578-468_306x423

ވާތުން ސިނގްރޭޓްގައި ހިފަހައްޓައިގެން ބޮމުން ދިޔަ އިރު ހަމަ ހީވަނީ ގިނަ ދުވަހު ސިނގިރެޓް ބޯ ކުއްޖެއްހެންނެވެ. މަގުމަތިން އެކި ފަރާތް ފަރާތަށް މީހުން ހިނގާ ބިނގާވެ އުޅުނު އިރު އެންމެން ވެސް ދިޔައީ ހައިރާން ކަމާ އެކު އެކަމަކު "ޗަރުކޭހެއް" ބަލާހެން އެ މަންޒަރު ބަލަމުންނެވެ. އެކަކު ވެސް އެކަން ހުއްޓުވާކަށް ސަމާލު ކަމެއް ނުދިނެވެ.

ކުޑަކޮށް ކެއްސާގޮތް ވި ކަމުގައި ވިޔަސް ވަރަށް ފަސޭކަމާއެކު އެ ކުއްޖާ އެސިނގިރެޓް ބޯލި މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ވީޑިއޯ ކުރި މީހުން އަދި އެކަން ކުރުމަށް ފަހު މާ މޮޅުކަމަކަށްވެގެން އެ ވީޑިއޯ ސޯޝަލް މީޑިޔާގައި ވަނީ ފަތުރައިފަ އެވެ. އަދި އެ ކުއްޖާގެ ބެލެވެރިންގެ ޒިންމާ ކޮބައިހޭ އަހާ ސުވާލު އުފައްދާފައިވެ އެވެ.
ފަރުދީ ޒިންމާ އާއި މުޖުތަމައުގެ ޒިންމާ އާ ދޭތެރޭ އެބައި މީހުން ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ.

article-2650765-1E8677CF00000578-622_634x503

ޗައިނާއަކީ މިހާރު ދުނިޔޭގެ އެންމެ ފުޅާކޮށް ދުންފަތުގެ އުފެއްދުން އުފައްދާ ގައުމެވެ. އަދި އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ވެސް ނިސްބަތުން އެންމެ ގިނައީ އެ ގައުމުގަ އެވެ.

ދުންފަތުން ޖެހޭ ބަލީގެ ސަބަބުން ދުނިޔޭގައި ނިސްބަތުން އެންމެ ގިނަ މީހުން އަހަރެއްގެ ތެރޭ މަރުވަނީ ވެސް ޗައިނާގަ އެވެ.

މިދިޔަ މޭ މަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނެރުނު ރިޕޯޓެއްގައި ޗައިނާ އިން އުފައްދާ ދުންފަތުގެ ބާވަތްތަކުގައި ސިނގިރެޓް އިންޒާރު ޖެހުމަށް ވެސް ވަނީ ބާރު އަޅައިފަ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މި އިންޒާރު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމެކެވެ.

ޗައިނާގެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް މަދު ނުކުރެވިއްޖެ ނަމަ ދުންފަތުން ޖެހޭ ބަލީގެ ސަބަބުން އެ ގައުމުގައި 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު އަހަރަކު ތިން މިލިއަން މީހުން މަރުވުމުގެ ބިރު އޮތް ކަމަށް ދިރާ ސާކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ.