Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

"ޖުރެސިކް ޕާކް 4: ޖުރޭސިކް ވޯލްޑް" – ސައިންސްވެރިން ވެސް ހައިރާން ކުރުވާފަދަ ކުޅަދާނަކަން ދައްކުވައިދޭ.

ލީޑް އެކްަޓަރ ކްރިސް ޕްރެޓް - ޖުރެސިކް ވޯލްޑް ގައި

މީގެ 22 އަހަރު ކުރިން (1992 ގައި) ނެރުނު ޑައިނޯސަރ ފިލްމް ސީރީސްގެ ފިލްމް، "ޖުރެސިކް ޕާރކް" ވެގެން ގޮސްފައިވަނީ ދިވެހީންގެ ތެރޭގައި ވެސް އާދަޔާއި ޚިލާފު މަޤްބޫލްކަމެއް ހޯދި އިނގިރޭސި ފިލްމެއްގެ ގޮތުގައެވެ.

ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އަގުބޮޑު ބަޖެޓަކުން އުފައްދާފައިވާ، މި ސީރީސްގެ އާ ފިލްމް (ހަތަރު ވަނަ ފިލްމް) "ޖުރޭސިކް ވޯލްޑް" ރިލީޒްކުރުމަށް ހަމަ ޖެހިފައިވަނީ މި ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

ލީޑް އެކްަޓަރ ކްރިސް ޕްރެޓް - ޖުރެސިކް ވޯލްޑް ގައި
ލީޑް އެކްަޓަރ ކްރިސް ޕްރެޓް – ޖުރެސިކް ވޯލްޑް ގައި
ޖުރެސިކް ވޯލްޑްގެ މަންޒަރެއް
ޖުރެސިކް ވޯލްޑްގެ މަންޒަރެއް

ޖުރެސިކް ޕާރކް ގައި ގެނެސް ދީފަިވަނީ ޑައިނޯސަރ ތީމް-ޕާކެއް ހަދަން އުޅުމުގެ ތެރޭގައި ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބުބުން ކޮންޓްރޯލް ގެއްލި ޑައިނޯސަރތައް ވިއްސިވިހާލިވާ މަންޒަރުތަކެވެ. އަދި އާފިލްމުގައި މީހުންގެ ޝައުގުވެރިކަން ހޯދުމުގެ ބޭނުމުގައި، މުޅިން އާކަންތައްތަކެއް ތަޢާރަފް ކުރަން މަސައްކަތް ކުރެއެވެ. ނަމަވެސް، އަނެއްކާވެސް ހީވެސްނުކުރާ ފަދަ ގޮތަކަށް ކަންތައް ގޯސްވެދެއެވެ.

މިފިލްމްގައި އެންމެ ފާހާގަކޮށްލެވެނީ ޖަނަވާރުންގެ ޖީންސްތައް ބޭނުންކޮށްގެން (ޖެނެޓިކް-އިންޖިނިއަރިންގ ގެ އެހީގައި) މުޅިންއާ ވައްތަރުތަކެއްގެ މޮޑެލް-ޖަނަވާރުތައް އުފައްދާކަމެވެ. އަދި މިކަމަށްޓަކައި، ސައިންވެރިންނާއި ސައިންސަށް ޝައުޤުވެރިކަން ބަހައްޓާ ގިނަފަރާތްތަކަކުން ދަނީ ތަޢްރީފްގެ ބަސްތައް އޮއްސަމުންނެވެ.

މިފިލްމްގެ ޓްރެއިލަރ ޔޫޓިއުބްގައި މިހާތަނަށް 60މިލިއަނަށް ވުރެ ގިނަމީހުން ވަނީ ބަލާފައެވެ.

މިފިލްމަކީ ކޮންތަޅާފޮޅުން ހިމެނުނު ނަމަވެސް ޕީޖީ-13 ގައި ރޭޓްކުރެވިފައިވާ ފިލްމްކެވެ. އެހެންކަމުން މިފިލްމް ބެލުމަށް އެންމެ އެކަށީގެންވަނީ 13 އަހަރުން މަތީގެ ފަރާތްތަކަށް ބެލެނިވެރިއެއްގެ ޙާޒިރުގައެވެ.