Last Updated: March 29, 11:09
Friday, March 29, 2024
ސިޔާސީ

ޑަބްލިއު-ބުޝްގެ ކޮއްކޮ "ޖެބް-ބުޝް" ގެ ރިޔާސީ ކެމްޕޭން ފެށުން ޖޫން 15 ގައި

ޖެބް ބުޝް (ކ) އެޗް ޑަބްލިއު ބުޝް މެ (މ) އަދި ބޭބެ ޑަބްލިއު ބުޝް (ވ) .

އެމެރިކާގެ ކުރީގެ ރައީސް އެޗް-ޑަބްލިއު-ބުޝް ގެ ދަރިކަލުން، އަދި ޑަބްލިއު-ބުޝް އަށް ބޭބޭ ވިދާޅުވާ، ޖެބް-ބުޝް (ބުޝް) ރިޔާސާ ކެމްޕޭން ފެށުން އޮންނާނީ ޖޫން 15 ގައި ކަމަށް އަރިސް ބޭފުޅުންގެ ފަރާތުން ހާމަ ވެއްޖެއެވެ.

ޖެބް ބުޝް (ކ) އެޗް ޑަބްލިއު ބުޝް މެ (މ)  އަދި ބޭބެ ޑަބްލިއު ބުޝް (ވ) .
ޖެބް ބުޝް (ކ) ބައްޕަ އެޗް ޑަބްލިއު ބުޝް މެ (މ) އަދި ބޭބެ ޑަބްލިއު ބުޝް (ވ) .

އުމުރުފުޅުން 62 އަހަރުގެ ބުޝް އަކީ މިހާރުގެ ފްލޮރިޑާ ސްޓޭޓްގެ ގަވަރުނަރެވެ. އަދި މަސައްކަތް ކުރައްވާނީ ރިޕަބްލިކަން ފާޓީގެ ޓިކެޓް ކާމިޔާބު ކުރުމަށެވެ.

އެތަކެއް ދުވަސްތަކާއި މަސްތަކެއް ވަންދެން، މަޑުމަޑުން އިޝާރާތްތައް ހާމަ ކުރައްވަމުން ގެންދެވި، އަދި ފަންޑް ހޯދުމުގައި އަވަދިނެތި އުޅުއްވުމަށްފަހު، ބުޝް ރިޔާސީ ރޭހަށް ރިޔާސީ ރޭހަށް ނިކުންނެވުމުން، މިފަހަރުގެ ކެމްޕޭން ފޯރި އިތުރަށް ވަރުގަދަ ވާނެ އެވެ. އަދި ސިޔާސީ ދެޢާއިލާއެއްގެ ކުރިމަތިލުމަކަށް ދާނެއެވެ.

ހަމަ މިދަނޑިވަޅުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ކަށަވަރު ކުރުމަށްޓަކައި، ކުރީގެ ރައީސް ބިލް-ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ-ކްލިންޓަން ވެސް ކެމްޕޭން ފައްޓަވައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ދާތީއެވެ.

މިހާތަނަށް 11 ބޭފުޅަކު ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ވާދަ ކުރައްވާނެކަން ވަނީ އިޢްލާން ކުރައްވާފައިވެއެވެ.

މުމާއިއެކު ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވުމަށްޓަކައި، ބޮޑެތި ގުރުބާނީތަކެއް ވެ ވަޑައިގަންނަވަން ބުޝް އަށް ޖެހި ވަޑައިގަންނަވާނެއެވެ. އަދި ބައެއް ކަންކަމުގައި ގޮތްދޫކުރައްވަން ވެސް ޖެހިވަޑައިގަންވާނެއެވެ. މީގެތެރޭގައި، އިމިގްރޭޝަން އާއި ގުޅޭގޮތުން ބުޝް ގެންގުޅުއްވާ ވިސްނުން ހިމެނެއެވެ.