Last Updated: April 23, 12:16
Tuesday, April 23, 2024
ވިޔަފާރި

ގޯދިއިން އަގުހެޔޮކޮށް ޓީވީ ލިބޭނެ!

ރަމަޟާން މަހަށް ގޭގައި ބޭނުން ކުރާ ސާމާން އާކުރަން ބޭނުންވާ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. މަރަދޫ ލިންކް ރޯޑުގައި ހުންނަ "ގޯދި" ފިހާރައިން ޓީވީ އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

މަޝްހޫރު ސޮނީ ޓީވީއާއި ހައިސެންސް ޓީވީ ވިއްކާ ގޯދި ފިހާރައިން ބުނީ މިފަހަރު ހާއްސަ ޕްރޮމޯޝަނަކާއި އެކު ޓީވީގެ އަގު ހެޔޮކޮށްލާފައިވާ ކަމަށެވެ.

"ޓީވީ ތައް މިވަނީ ބޮޑުތަން އަގުހެޔޮ ކޮށްލާފައި، މީ ރަނުގެ ފުރުސަތެއް" ގޯދި ފިހާރައިގެ އޮފިޝަލަކު ބުންޏެވެ.

ގޯދި ފިހާރައިން ބުނީ ޓީވީގެ އިތުރުން "ބްލޫ ސްޓާ" އެއާކޮންޑިޝަން ހަރުކޮށްދިނުމާއި، ސާވިސް ކުރުން ވެސް ފަސޭހަ ކަމާއި އެކު ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެފިހާރައިން ވަނީ ދާދި ފަހުން އަތުކުރީ ގަޑީގެ ބެޓެރި ބަދަލު ކޮށްދިނުމުގެ ހިދްމަތް ވެސް ފަށާފައެވެ.

ރީފްސައިޑުން ވިއްކާ ގިނަ މުދާ ލިބެން ހުރި ގޯދި ފިހާރައިން އިލެކްޓްރިކް ސާމާނާއި، އޭސީ ފަދަ ތަކެތި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.