Last Updated: April 20, 17:10
Saturday, April 20, 2024
ވިޔަފާރި

މީދޫ ނޫރައްދީން އިންވެސްޓްމަންޓުން މީޑިއާ ނެޓްގެ ހުރިހާ ހިދްމަތެއް!

މީދޫ " ނޫރައްދީން އިންވެސްޓްމެންޓް" އިން މީޑިއާ ނެޓްގެ ރިސިވަރުތަކަށް މަހުފީ ބަލައިގަތުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ނޫރައްދީން އިންވެސްޓްމެންޓުން މައުލޫމާތުދޭ ގޮތުގައި މީޑިއާ ނެޓްގެ ރިސީވަރުތަކުގެ މަހުފީ ބަލައިގަތުމުގެ އިތުރަށް ޑީކޯޑަރު ވިއްކުމުގެ ހުއްދަވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

މީޑިއާނެޓްގެ ޑީލާއެއްގެ ގޮތުގައި މީދޫ " ނޫރައްދީން އިންވެސްޓްމެންޓް" ހަމަޖެހުމާއިގުޅިގެން މީދޫގައި ތިއްބެވި މީޑިއާނެޓްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެބޭފުޅުންނާ ގާތުން މީޑިއާނެޓްގެ ޑީކޯޑަރުތަކުގެ މަހުފީ ދެއްކުމުގެ ޚިދުމަތް ކޮންމެ ގަޑިއެއްގައިވެސް ލިބިގެންދާނެކަމަށް އެފަރާތުން ބުނެއެވެ.

އަދި މީގެ އިތުރަށް ކޮންމެ ނެޓްވޯކެއްގައި ބޭނުންކުރާ މީޑިއާނެޓްގެ ރިސީވަރަކަށް ވިޔަސް ފީ ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ. މިގޮތުން އައްޑުއަތޮޅާއި ފުވައްމުލަށް އަދި މާލޭގައި ބޭނުންކުރާ ރިސީވަރުތަކުގެ އިތުރަށް ހުޅުދޫ ސެޓްލިންކުން ބޭނުންކުރަމުންދާ މީޑިއާނެޓްގެ ރިސީވަރު ތަކަށްވެސް މަހުފީ ބަލައިގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އޮފީސް ބަންދު ވަގުތު ތަކުގައި ވެސް މީޑިއާނެޓް ރިސީވަރުތަކަށް މަހުފީ ދެއްކުމުގެ ޚިދުމަތް 7720500 އަށް ގުޅައިގެން ލިބޭނެއެވެ.

މީޑިއާނެޓާއި ގުޅިގެން އައްޑުއަތޮޅަށް ކޭބަލްޓީވީގެ ޚިދުމަތްދޭ އައިލެންޑް ޓީވީގެ ހުރިހާ ޗެނަލެއް މިހާރު ޑިޖިޓަލްކޮށްފައިވާއިރު، އެޗްޑީ 17 ޗެނަލެއް ވެސް އެ ކުންފުނިން އައްޑުއަތޮޅާއި ފުވައްމުލަކަށް މިހާރުވަނީ ދޫކޮށްފައެވެ.

އަދި މީގެ އިތުރަށް އައްޑުއަތޮޅުގައި ވަކިން އޮންނަ ހުޅުދުއާއި މީދުއަށް ކޭބަލްޓީވީގެ ޚިދުމަތް ދެމުން އައި ސެޓްލިންކުން ދެމުންއައި އެމީހުންގެ ޗެނަލްތައް ހުއްޓާލުމަށްފަހު މިހާރު މީޑިއާނެޓާއި ގުޅިގެން ސެޓްލިންކުންވެސް ދޫކުރަމުންދަނީ މީޑިއާނެޓްގެ ޗެނަލްތައްކަން ފާހަގަކޮށްލަންޖެހެއެވެ.