Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ޤާސިމް އިބްރާހިމް އަކީ ސިޔާސީ ހިކަނދިފަތެއް!

ރާއްޖޭގެ ސިޔާސީ މަސްރަހުން ކަމެއް ނިމުމުގައި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ހުންނަ ފަޅިއަކަށް ބަރުވެ، އެގޮތަށް އެކަމެއް ނިމިގެންދިއުން އޮންނަނީ ގިނަފަހަރު ވަރަށް ގާތުގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިޒަމާނުގައި ކަމެއް ނިންމުމުގައި މުދާވެރިކަމުގެ ނުފޫޒުން ކައްސާލައިގެން ދާނެގޮތެއް ނޯންނާތީއެވެ. ކޮންމެ ކަމެއްގައިވެސް އެކަމަކަށް ބޭނުންވާ ނަތީޖާ ނެރެވެން އަންނަނީ ބޮޑެތި ޚަރަދުތަކެއް ކޮށްގެން ނެވެ. ބުރަ މަސައްކަތްތަކަކަށް ފަހުގައެވެ. ކަންމިހެން އޮތްއިރު، ކަމަކަށް ޚަރަދު ކުރުމުގައި ޤާސިމް އިބްރާހިމް އަށް ގޮން ޖަހާލާފައި ދެވޭނެ މީހަކު މިރާއްޖޭގައި މަދުވާނެއެވެ.
qqqqq
ޤާސިމްގެ މުހިންމުކަން އެންމެ ބޮޑަށް ފާހަނގަ ކުރެވެނީ ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިހާބް ތަކުގައެވެ. ހާއްސަ ކޮށް ރިއާސީ އިންތިހާބުތަކުގައެވެ. ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިއާސީ އިންތިހާބާއި، ރިއާސީ އިންތިހާބްގެ ދެވަނަ ބުރު ކާމިޔާބުވުން އޮތީ ޤާސިމް ބުރަވާ ފަޅިއަކަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ.

ސިޔާސީ ވާހަކަ ބާއްވާށެވެ. އަހަރެމެންގެ ގޭތެރެއިން އާއްމު މިސާލެއް ނަގަމާ ހިނގާށެވެ. ރިހަ ކައްކާއިރު ހިކަނދިފަތް ނާޅާނަމަ އެއްގޮތަކަށްވެސް ރަހަގަނޑާއި މެދު ކައްކާމީހުން ހިތްހަމަ ނުޖެހެއެވެ. ހަމައެފަދައިން ރާއްޖޭގައި ކައްކާ ސިޔާސީ ރިހަގަނޑު ކާމިޔާބު ރިހަގަނޑަކަށް ހެދުން އޮންނަނީ ޤާސިމް މި ރިހަގަނޑުގައި ހިމަނައިގެން ރިހަ ކެއްކި ބަޔަކަށެވެ.

އެހެންކަމުން ދެވަނަ ބުރުގައި ޤާސިމްގެ ރުހުން ލިބޭތޯ ރޮއެ ހޭރިގެންވިޔަސް ކޮންމެ ބަޔަކު މަސައްކަތް ކުރިއެވެ. އެއީ ރިހަ ކައްކަން އަޅާނެ ހިކަނދި ފަތްކޮޅެއް ހޯދަން މުޅި ރަށުގައި ހިނގާ ފަދައިންނެވެ. މިކަހަލަ ދުވަސްވަރު ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަރާތުން އިވިގެންދާ އެންމެ އާންމު ވާހަކަ ތަކަކީ ޤާސިމްގެ ހެޔޮފުޅުކަމާއި، ދީލަތިކަމާއި، އެބޭފުޅާ ޤައުމުދެކެ ވާލޯބީގެ ވާހަކައެވެ. އަދި ކާމިޔާބު ލިބުމުން ޤާސިމު ގައިގަ ބައްދަ ބައްދާފައި މިބައި މީހުން ވަރުގަދަ ލަޤަބުތައް އަރުވާ ތަޢުރީފުގެ ބަސްތައް ފަތިފައްޗަށް އަމުނާލައިގެން ޤާސިމަށް ވެދުން ކުރެއެވެ.
qy
ހުރިހާ ސިޔާސީ ވެރިން ޤާސިމްގެ ފައިބުޑަށް ވެއްޓި އާދޭސް ކުރާ ދުވަސްވަރު ޤާސިމް ހުންނަނީ ނިކަން ހެވި ދިއްލިފައެވެ. އުފަލުންގޮސް ފޮޅިފައެވެ. މުޅި ޤައުމުގައި ނެތްވަރުގެ ވަރަގަދަ މީހަކަށް ތިމާވެފައިވާ ކަމުގެ އިހްސާސް ކުރެވުމުން އެއެއް މިއެއް ނުބަލާ ކެމްޕެއިން ތަކުގައި ހޭދަކޮށްލަނީ އަތްހުސްވާ ވަރަށެވެ. ނިމޭއިރު އަމިއްލަ ކުންފުނީގެ މުވައްޒަފުންނަށް މުސާރަވެސް ނުދެވޭ ދަރަޖައަށް ގިނަފަހަރު ހަރަދުކޮށްލާ ކަމަށްވެއެވެ.

ނަމަވެސް މި އުފާވެރިކަމުގައި މާ ގިނަ ދުވަހަކު ޤާސިމަކަށް ނުހުރެވެއެވެ.

ރިހަ ކައްކަން އަޅާ ހިކަނދިފަތްވެސް ހުންނަނީ އުނދުނުން ރިހަ ތެލި ބޭލުމަށްފަހު ކާން ފަށަންދެނެވެ. ކާން ފެށުމުން ކޮންމެ މީހަކުވެސް ކާތަށީގެ އެއް ކާއިރިއަށް ހިކަނދިފަތް ކޮޅު ހުންނާނީ ޖައްސާފައެވެ. ރިހަ ކާންފަށާއިރު ހިކަނދިފަތުން ރިހަ ގަނޑުގައި ހިމަނަން ބޭނުން ހުރިހާ ރަހަތަކެއް ހުންނާނީ ފައްކާވެފައެވެ. އެހެންކަމުން އިތުރަށް ހިކަނދިފަތް ރިހައިގައި ހުރުމުގެ ބޭނުމެއް ނެތެވެ. ރިހަ ކަމުން ދާވަރަކަށް ދާނީ ހިކަނދިފަތްކޮޅު ދުރަށްލަމުން އެއްކައިރި ކުރަމުންނެވެ. ހަމައެހެން ޤާސިމްގެ އެއްބާރުލުމާއި އެކު ވެރިކަމަށް އަންނަ މީހުންނަށްވެސް ޤާސިމްގެ ބޭނުން ކެނޑި ކޮންމެ ފަހަރަކު އެއްފަރާތް ކުރަނީއެވެ. ސިޔާސީ ރިހަގަނޑު ކައްކަން ބޭނުންކުރި ސިޔާސީ ހިކަނދިފަތް އެއްލާލަނީއެވެ.

ނަމަވެސް މިފަހަރު ސިޔާސީ ހިކަނދިފަތް އެއްފަރާތްކޮށް އެއްލާލައިގެން ވެރިކަމުގައި ތިބި މީހުން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. އިތުރަށް ސިޔާސީ ރިހަ ކައްކަން ބޭނުންނުވާތީ ހިކަނދިފަތުގެ ބޭނުމެއް ދެން ނުޖެހޭނެކަމަށް ބުނެ ހިކަނދިފަތް ގަސް ބުޑުންވަނީ ލުއްސާފައެވެ.

ދެން ރާއްޖޭގެ ރިޔާސީ ރޭހުގައި ޤާސިމް ވާދަ ނުކުރާނެ ކަމަށާއި ސިޔާސީ މަސްރަހުންވެސް އެއްކޮށް ދުރުވާނެ ކަމަށް ޤާސިމް މިވަނީ އިއުލާންކޮށްފައެވެ.