Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުސާރަ 120،000ރ އަށް ބޮޑު ކުރަނީ !

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުސާރަ 120000 ރުފިޔާ އަށް ބޮޑުކުރަން ނިންމާފައިވާކަން ވަރަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުރިއަށް އޮތް އޯގަސްޓް މަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިތުރުން އެހެނިހެން ކޯޓް ތަކުގެ ފަނޑިޔާރުންގެ މުސާރަ ވެސް ބޮޑު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަސީސީ މުސާރަ އަކީ 120000 ރުފިޔާ ކަމުގައި ހަމަޖެއްސި ނަމަވެސް މިހާރު ވެސް ލިބެމުންދާ ގޮތަށް ފަނޑިޔާރުންނަށް ތަފާތު އެލަވެންސްތައް ލިބެމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމަށް ވެއްޖެނަމަ ގާތްގަނޑަކަށް 2 ލައްކަ ރުފިޔާ އާއި ގާތްކުރާ އަދަދަކަށް ފަނޑިޔާރުންނަށް މުސާރައާއި އެލަވެންސްގެ ގޮތުގައި ލިބިގެންދާނެއެވެ.