Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫން ޒުވާނަކު ޑެންގީއަށް ޕޮޒިޓިވް! އޭ ޕޮޒިޓިވް ލޭ ވަރަށް އަވަހަށް ބޭނުން!

އައްޑޫން ޒުވާނަކު ޑެންގީއަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް އިމަޖެންސީގައި މާލެ ފުރުވައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫގެ 20 އަހަރުގެ ޒުވާނާ ހުން އައިސްގެން ޑޮކްޓަރަށް ދައްކާފައިވަނީ އިއްޔެ ފެދޫ ސިއްހީ މަރުކަޒަށެވެ. އަދި ފޭދޫ ސިއްހީ މަރުކަޒުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ރިފާކޮށް އިއްޔެ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ އިމަޖެންސީގައި އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވަނީ މިއަދުއެވެ. އޭނާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިމެޖެންސީގައި މާލެ ފުރުވާލިކަން ހޮސްޕިޓަލްގެ ވެރިންނަށް އެނގިފައިވަނީ އޭނާ ފުރުވާލިފަހުންނެވެ.

ޒުވާނާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބަލި މީހާއަށް އޭ ޕޮޒިޓިވް ލޭ ވަރަށް އަވަހަށް ބޭނުންވާ ކަމަށާއި ލޭ ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތަކުން 7541064 ނަންބަރަށް ގުޅުމަށް އާއިލާއިން އެދެއެވެ.

އައްޑޫން ޑެންގީއަށް މީހަކު ޕޮޒިޓިވް ވެފައިވާ އިރު މިހާތަށް މިބަލީގައި ރާއްޖޭގެ އެކި ސަރަހައްދުން 4 މީހަކު ވަނީ މަރުވެފައެވެ.