Last Updated: April 20, 18:41
Saturday, April 20, 2024
ރިޕޯޓް

މަދިރިން ސަލާމަތްކޮށްދޭ ޓީވީއެއް ބާާާޒާރަށް

މި އުޅެނީ ދުއްތުރާތަކުން ސަލަމާތް ނުވެވިގެންނެވެ. މަދިރި ކޮންޓްރޯލް ކުރެވޭތޯ ތަފާތު އެތައް އުފެއްދުމެއް ބާޒާރަށް ނެރެ އާންމުން ތަޖުރިބާ ވެސްކޮށްފި އެވެ.

ހާއްސަކޮށް ގޭތެރެ މަދިރިން ސަލާމަތް ކުރުމަށް އަބަދު ވެސް އޮންނަން ޖެހެނީ ކޮންމެ ވެސް ފިޔަވަަޅައި އަޅަން ޖެހިފަ އެވެ. މި ފަހަރު އަނެއްކާ ވެސް އާ އުފެއްދުމެވެ. ޓީވީއެކެވެ.

މަދިރިން މި ފަހަރު ސަލާމަތް ވާން މަސައްކަތް ކުރާނީ ޓީވީގެ އެހީގަ އެވެ.

ސައުތު ކޮރެއާގެ މަޝްހޫރު އިލެކްޓްރޯނިކް ބްރޭންޑް އެލްޖީން މިހާރު ވަނީ އިންޑިއާގެ ބާޒާރަށް މަދިރިން ސަލާމަތްކޮށްދޭ ޓީވީއެއް ނެރެފަ އެވެ.

އެ ކުންފުނީގެ ޑިރެކްޓަރު ހޯމް އެންޓަޓައިންމަންޓް ހޮވާޑް ލީ ބުނީ އިންޑިއާގެ މާކެޓަށް ހާއްސަކޮށްގެން ނެރުނު މަދިރި ކޮންޓްރޯލްކޮށް ދޭ ޓީވީއަކީ އިންޑިއާގެ ކަސްޓަމަރުން އެންމެ ބޭނުން ޒާތުގެ އުފެއްދުންތައް ފޯރުކޮށް ދިނުމުގެ ގޮތުން ބާޒާރަށް ނެރުނު އުފެއްދުމެއް ކަމަށެވެ.

ލީ ބުނީ މަދިރި ކޮންޓްރޯލްކޮށް ދޭ ޓީވީ އަށް މިހާރު ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބެމުން އަންނަ ކަމަށެވެ.

މި ޓީވީ އުފައްދާފައި ވަނީ އަލްޓްރާ ސޮނިކް ޑިވައިސްއަކާ އެކުގަ އެވެ. މިއީ ރިފިލްކޮށް ނުވަތަ އިތުރު މަރާމާތެއް ބޭނުންވާ އެއްޗެއް ނޫނެވެ.

ޓީވީ ޖައްސާލުމުން އޭގެން "ސިއްރު" އަޑާ އެކު ފޮނުވައިދޭ ރޭޑިއޭޝަންތަކުން ގޭ ތެރޭގައި އުޅޭ މަދިރިތައް ފައްސާލަ އެވެ. މިއަކުން އިންސާނުނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ.

އެލްޖީގެ މި އުފެއްދުން މާކެޓަށް ނެރަފައި ވަނީ އިންޓަނެޝަނަލް އިންސްޓިޓިއުޓް އޮފް ބައޮޓެކްނޮލޮޖީ އެންޑް ޓޮކްސޮލޮޖީ (އައިއައިބީއޭޓީ) ގައި ޓެސްޓްކޮށް، އެތަނުގެ ސެޓްފިކޭޝަނާ އެކުގަ އެވެ.

އެހެންވެ މަދިރި ކޮންޓްރޯލްކޮށްދޭ ޓީވީއަކީ ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް ކުރާނެ ކަމެއް ނޫނެވެ.

އެލްޖީން ބާޒާރަށް ނެރެފައިވާ ޓީވީތަކުގެ ތެރޭގައި މި ވަގުތު ދެ ސައިޒެއް ލިބެން އެބަ ހުއްޓެވެ.

އެއީ 26،900 ރުޕީސް އަށް ވިއްކާ 80 ސެންޓިމީޓަރުގެ ޓީވީ އާއި 47،500 ރުޕީސް އަށް ވިއްކާ 108 އިންޗީގެ ޓީވީ އެވެ.