Last Updated: April 19, 21:01
Friday, April 19, 2024
ރިޕޯޓް

ލޮނުމެދު ކާން ޖެހޭ ފަސް ސަބަބެއް

ބައެއް މީހުންނަކީ ލޮނުމެދު އެކުލެވޭ ކާތަކެތި ކާން އެހާ ގަޔާވާ ބައެއް ނޫނެވެ. ސަބަބަކީ އެފަދަ އެއްޗެއް ކައިފި ނަމަ އަނގައިން ވަސް ދުވާތީ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ލޮނުމެދަކީ ސިއްހީ ގޮތުން ވަަރަށް ފައިދާ ހުރި އެއްޗެކެވެ.

ސިއްހީ ތަޖުރިބާކާރުން ދޭ އިރުޝާދަކީ ކޮންމެ ދުވަހެއްގެ ކެއުމުގެ ތެރޭގައި ވެސް ލޮނުމެދު ހިމަނާށޭ އެވެ.

އޭގެ ލިއްބައިދޭ ފަސް ފަރުވާއަކަަށް ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ލޮނުމެދު ގަވައިދުން އާންމުކޮށް ބޭނުން ކުރާ ނަމަ ހާޓް އެޓޭކެއް ޖެހާއި ސްޓްރޯކް ފަދަ ކުއްލި ނުރައްތާތެރި ހަމަލާއަކުން ސަލާމަތް ވެދޭނެ އެވެެ.

ލޮނުމެދަކީ ކޮލެސްޓްރޯލް ކޮންޓްރޯލްކޮށްދޭ އެއްޗެެވެ. ހާއްސަކޮށް ކޮލެސްޓްރޯލްގެ މައްސަލަަތައް ހުންނަ ބޮޑެތި މީހުން ލޮނުމެދު ކެއުމަކީ ސިއްހީ ގޮތުން ވަަރަށް ފައިދާ ހުރި ކަމެކެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯކޮށް ދޭން ވެސް ލޮނުމެދަކީ އަޖައިބެއް ކަހަލަ އެހީތެރިއެކެވެ.

ޕްރޮސްޓޭޓް ކެންސަރާއި ބަނޑުގެ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން ވެސް ލޮނުމެދު ކެއުމުގެ ތެރޭގައި ހިމަނަން ކޮންމެހެން ވެސް ޖެހެ އެވެ.

ހުން އައުމާއި އަރިދަފުސް ރޯގާ ޖެހުމުން ލޮނުމެދަކީ ފަރުވާ އަށް ބޭނުން ކުރެވިދާނެ އެއްޗެކެެވެ. ލޮނުމެދު ސަޕްލިމަންޓަކީ މިފަދަ އާދައިގެ ސިއްހީ މައްސަލަތަކަށް ތައްޔާރުކޮށް، ފާމަސީތަކުން ފަސޭހަކަމާ އެކު ލިބެން ހުންނަ އެއްޗެކެވެ.

ކެލޮރީޒްގެ މިންވަރަށް ދަށް އެކަމަކު ލޮނުމެދަކީ ވިޓަމިން ސީ، ވިޓަމިން ބީ6 އަދި މެގްގީނިޒައަމް އިން މުއްސަނދިވެފައިވާ އެއްޗެކެވެ.

އެހެންވެ މިއީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.