Last Updated: April 25, 12:03
Thursday, April 25, 2024
ސިޔާސީ

ހައްޖު ކޯޓާ އާ ގުޅިގެން މެޑަމްގެ މައްސަލަ އޭސީސީ އަށް

ސައޫދީ ސަރުކާރުން ރާއްޖެ އަށް ދިން ކަދުރުން ބައެއް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް ސަދަގާތް ފައުންޑޭޝަނުން ބެހި މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނިކޮށް ސައުދީން މި އަހަރު ރާއްޖެ ދިން ކޯޓާގެ ތެރެއން ބައެއް ވެސް މެޑަމް ނެންގެވި މައްސަލަ އޭސީސީ އަށް ހުށަހަަޅައިފި އެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހެޅީ އެމްޑީޕީން ބުންޏެވެ.

މިކަމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އއަށް ދޫކޮށްފައިވާ 1،000 ޙައްޖު ކޯޓާގެ ތެރެއިން 50 ކޯޓާ މެޑަމް ފާތުން އާ ހަވާލުކޮށް، އެ 50 ކޯޓާގެ ދަށުން މިއަހަރު ޙައްޖަށް ދާނެ ފަރާތްތައް ވެސް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މެޑަމް ފާތުން ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ބަލައި ދޭން އެދިފައިވާ ކަމަށެވެ.