Last Updated: April 20, 18:41
Saturday, April 20, 2024
ކުޅިވަރު

ޔޫރޯ 2016: މުބާރާތާ އަލްވަދާއުކީ ފުރަތަމަ ޓީމަކަށް ރޮމޭނިއާ!

ސާދިގު ގެ 43 ވަނަ މިނެޓުގެ ގޯލާއެކީ އަލްބޭނިއާ 0-1 އިން މޮޅުވެ ރޯމޭނިއާ މުބާރާތުން ކަޓައިފި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޯމޭނިއާ އާއި އަލްބޭނިއާ ކުޅުނު މެޗުން ރޯމޭނިއާ ބަލިވެ ކުޅުނު ތިން މެޗުން އެއް ޕޮއިންޓު ލިބިފައިވާއިރު ރޯމޭނިއާ އަކީ މިފަހަރު މުބާރާތުން ކެޓި ފުރަތަމަ ޓީމެވެ.

ސުވިޒަލޭންޑު އަދި ފްރާންސް އަތުން ބަލިވެފައިވާ ރޯމޭނިއާ މޮޅުވެފައިވަނީ ހަމައެކަނި ރޭގެ މެޗުންނެވެ. ނަމަވެސް މެޗުން މޮޅުވުމުގެ ސަބަބުން އެމީހުންނަށް ތިން ޕޮއިންޓު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ރޭގައި ކުޅުނު ގްރޫޕް އޭ ގެ ދެވަނަ މެޗުގައި ފްރާންސް އަދި ސުވިޒަލޭންޑު ބައްދަލު ކުރި މެޗު ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕޮއިންޓެއް ލިބުނަސް ދެ ޓީމު ދެވަނަ ބުރަށް ވަނީ ކޮލިފައިވެފައެވެ. ނަމަވެސް 7 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ފްރާންސެވެ.