Last Updated: April 19, 21:01
Friday, April 19, 2024
ކުޅިވަރު

ޔޫރޯ 2016: އިންގްލަންޑް އެއްވަރުވެ ގްރޫޕްގެ ދެވަނަ އަށް

ޔޫރޯ 2016 ގެ ގްރޫޕް ބީ ގެ ފަހު މެޗުގައި ސްލޮވޭކިއާ އާ ދެކޮޅަށް އިނގިރޭސިން ނިކުމެ ލަނޑެއް ނުޖެހި އެއްވަރުވެގެން މެޗު ނިމިއްޖެ އެވެ.
ހަމަ އެވަގުތު ގްރޫޕްގެ ބާކީ ދެ ޓީމު، ވޭލްސް އަދި ރަޝިޔާ ކުޅުނު މެޗު ވޭލްސް ވަނީ 0-3 އިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ފުރަތަމަ ބުރު ނިންމާލާފައެވެ.

ފުރަތަމަ ދެ މެޗުގައި ފެށި އެގާރައަށް 6 ބަދަލެއް ރޭގައި އިނގިރޭސި ކޯޗު ރޮއި ހޮޑްސަން ގެނެސްފައިވާއިރު އޭނާގެ ގޭމް ޕްލޭން ވީ ފެއިލްއެވެ.

ވޭލްސް އާއި ރަޝިޔާ ކުޅުނު މެޗު ވޭލްސް ވަނީ ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 11 ވަނަ މިނެޓުގައި އެރޮން ރެމްސީއެވެ.

ދެވަނަ ގޯލު 20 ވަނަ މިނެޓުގައި ނީލް ޓެއިލަރ ޖަހާފައިވާއިރު ފަހު ގޯލު 67 ވަނަ މިނެޓުގައި ޖަހައިފައިވަނީ ގެރެތް ބޭލްއެވެ.

ތިން ގޯލާއެކު މުބާރާތުގެ މިހާރުގެ ޓޮޕް ސްކޯރާއަކީވެސް ބޭލްއެވެ.

ގްރޫޕް ސްޓޭޖު ނިމުނުއިރު ޓީމުތަކަށް ލިބިފައިވާ ޕޮއިންޓުތަކަށް ބަލާއިރު އެއްވަނައިގައި އޮތް ވޭލްސް ކުޅުނު ތިން މެޗުން ދެ މެޗު ކާމިޔާބުކޮށް އެއް މެޗުން ބަލިވެ ލިބިފައިވަނި 6 ޕޮއިންޓެވެ.

ދެވަނައިގައި އޮތް އިނގިރޭސިން ދެ މެޗު އެއްވަރުވެ އެއް މެޗުން މޮޅުވެ 5 ޕޮއިންޓު ލިބިފައިވާއިރު ތިން ވަނައިގައި ކްރޮއޭޝިޔާ އޮތީ 4 ޕޮއިންޓާއެކުއެވެ. ގްރޫޕުގެ ފުލުގައި ރަޝިޔާ އެންމެ ޕޮއިންޓަކާއެކު މުބާރާތުން ވަނީ ކަޓައިފަ އެވެެ.

ދެވަނަ ބުރަށް އަންނަ ހޯމަ ދުވަހު ގުރުލާއިރު އިނގްލެންޑަށް ދިމާވާނީ ފްރާންސް ކަމަށް ބެލެވެއެވެ. އެމީހުން ވަނީ ގްރޫޕް އޭ ގެ އެއް ވަނައިގަ އެވެ.