Last Updated: April 19, 10:13
Friday, April 19, 2024
ސިޔާސީ

އުމަރު މަގާމުން އިސްތިއުފާ ދެއްވައިފި

އުމަރު ނަސީރު

ހޯމް މިނިސްޓަރުގެ މަގާމުން މިއަދުގެ ވަގުތެއްގައި ވަރަށް ކުއްލި ގޮތަކަށް އުމަރު ނަސީރު އިސްތިއުފާދެއްވައިފިއެވެ.

މިނިސްޓަރު އިސްތިއުފާ ދީފައިވާ ކަން އެނގިފައިވަނީ މީގެ 15 ވަރަކަށް މިނެޓު ކުރިން އުމަރު ނަސީރުގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައެވެ.

sdsd

ޓުވީޓުގައި ވާގޮތުން ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ރައީސް ޔާމީނާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމަށް ޝުކުރު ދަންނަވާކަމަށެވެ.

އުމަރު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މޮނިކޮން އަމުރު ނެރުމަށް ކޯޓަށް ހުށައެޅުމުގެ ބާރު މިނިސްޓަރުގެ އަތުން ނަގައި ކޮމިޓީއެއްގެ އަތް މައްޗަށް ރައީސް ޔާމީން ދިންތާ ކުޑަ ދުވަސްކޮޅެއް ވީ ފަހުންކަން ފާހަގަ ކޮށްލެވެއެވެ.

ކޮމިޓީގައި އުމަރު ހިމެނިވަޑައިގަންނަވާއިރު އެ ނިންމުމަށް ފަހު އުމަރު ބުނެފައިވަނީ އެ ނިންމުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.