Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

ޑްރަގްގެ "ވިޔަފާރި ކުރަމުން" ދިޔަ މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކަކާ އެކު ހިތަދޫން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރު ކުރީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގަ އެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓްތައް ފެނިފައިވަނީ، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ބުލެޓް ސައިޒްގެ 128 ރަބަރު ޕެކެޓާއި ބޮޑު އެއް ޕެކެޓް ފެނިފައެވެ އެވެ.