Last Updated: April 19, 21:20
Friday, April 19, 2024
ސިއްހަތު

ރޯދަ ރަހަ: ކެެރެޓް ހަލްވާ

* ބޭނުންވާ ތަކެތި:

3 ޖޯޑް ކެރަޓް (ގާނާފައި)
4 މޭޒުމަތީ ސައިސަމުސާ ހަކުރު
1/2 1 ޖޯޑް ދިޔާ ކިރު (ލެކްނޯ ނުވަތަ ޑަޗްލޭޑީ ފުލް ކްރީމް)
1 މޭޒުމަތީ ސައިސަމުސާ ގިތެޔޮ
10 ކަޖޫނަޓް (މެދުން ފަޅިކޮށްފައި)

* ތައްޔާރު ކުރާނެ ގޮތް:

ބައި ސަމުސާ ގިތެޔޮ ހޫނު ކުރުމަށް ފަހު، ގިތެޔޮ ވިރުނީމައ، ކަޖޫނަޓް އަޅައިގެން މަޑު ގިނީގައި ތެއްލުން. މަޑު މުށިކުލަ އެރީމައި ކަޖޫނަޓްކޮޅު ނަގައިފައި ޓިޝޫއެއްގެ މަތީގައި ފަތުރައިލުން.

ތެއްޔަކަށް ކެރަޓް އެޅުމަށް ފަހު، ކިރު އަޅައިގެން މަތި ޖަހައިގެން މަޑު ގިނީގައި (ކިރުފޮދު އެއްކޮށް ހިނދެންދެން) ކެއްކުން. މި ކައްކާ އިރު ބަންޑުންވާން އުޅޭ ނަމަ މަތި ނަގައިފައި އަލުން މަތި ޖަހައިލުން. ރަނގަަޅަށް ކިރުފޮދު ހިނދުމުން ގިތެޔޮ (ބާކީ ހުރި) ހަކުރު މީގެ ތެރެއަށް އަޅައިފައި ހަކުރުކޮޅު ރަނގަޅަށް ވިރެންދެން (އެއްކުރަމުން) ކެއްކުން.

ހަކުރު ވިރުމަށް ފަހު ވެސް، ތިން މިނެޓެއްހާ އިރު ވަންދެން ކެއްކުމަށް ފަހު ނަގައިފައި ތައްޓަަކަށް އަޅައިފައި މަތީގައި ކަޖޫނަޓް އަތުރާލުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.