Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

އިނގުރު ޖޫސް ބޯން ޖެހެނީ ކީއްވެ؟

އިނގުރަކީ ބައެއް މީހުން އެހާ ގަޔާވާ އެއްޗެއް ނޫނެވެ. އެކަމަކު ބައެއް ކަހަލަ ބުއިންތައް ތައްޔާރު ކުރަން އާންމުކޮށް އިނގުރު ބޭނުން ކުރެ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ އިނގުރު ޖޫހަކީ ސިއްހަތަށް ވަަރަށް ފައިދާ ހުރޮ ބުއިއެއް ކަަމަށެވެ. އެހެންވެ ގަޔާނުވިސް ތަޖުރިބާކޮށްލުން ރަނގަޅެވެ. އިނގުރަކީ ގިނަ ބަލިތަކަކަށް ފަރުވާއަކަށްވެ އެވެ.

ކުރު ގޮތަކަށް އިނގުރު ޖޫހުން ލިބޭ ފައިދާތަަކަށް ބަލާލަމާ ހިނގާށެވެ.

އިނގުރު ޖޫސް ބޯ ނަމަ، ހަޖަމު ކުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެ އެވެ.

އާދަވެގެން އިނގުރު ޖޫސް ބޯ މީހަކަށް ހަޖަމު ކުރުމުގެ މައްސަލަތައް ދިމާވުން ދުރެވެ.

ހަމަ މިއާ އެކު ކޮލެސްޓްރޯލްކޮށް ދިނުމަކީ ވެސް އިނގުރު ޖޫހުން ލިބޭ މުހިއްމު ފަރުވާއެކެވެ. ލޭ ހޮޅިތައް ބެދި ދައުރުވުމަށް ކުރިމަތި ކުރުވާ ހުރަސްތައް ނައްތާލަދީ، ހިތުގެ ހިނގުން ވެސް އިނގުރު ޖޫހުގެ ސަބަބުން ރަނގަޅުކޮށް ދެ އެވެ.

އުމުރުން ދުވަސްވެ ހަށިގަނޑުގައި ރޫޖެހެތީ އެކަމާ ކަންބޮޑުވާ މީހުންނަށް ވެސް އިނގުރު ޖޫހަކީ އާދައިގެ އެއްޗެއް ނޫނެވެ. އިނގުރު ޖޫސް ބޯ ނަމަ ހަންގަނޑު ޒުވާންކަންމަތީ ދެމެެހެއްޓުމަށް ބާރު އަޅައި ދެ އެވެ.

އަދި މޫނުގައި ބިހި ނެގުން ފަދަ މައްސަަލަތަކަށް ވެސް މިއީ ފަރުވާއެކެވެ.

އިނގުރުގައި އެކުލެވޭ އެންޓި ވައިރަލް އާއި އެންޓި ފަންގަލް ފަދަ މާއްދާތަކުގެ ސަބަބުން އިނގުރު ޖޫސް ބޯ ނަމަ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ވެސް ރައްކާތެރިކޮށް ދިނުމަށް ބާރު އަޅައިދެ އެވެ.

ހަމަ މިއާ އެކު މިއީ ހުން އައުމއި އަރިދަފުސް ރޯގާ ފަދަ އާންމު ބަލިތަކަށް ވެސް ކަށަވަރު ފަރުވާއެެކެވެ.