Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ހާދަރު" ޖުލައި 16 ގައި، އައްޑޫގައި ވެސް ދައްކާނެ

އެމްއެންޑީފުން ތައްޔާރުކޮށްފައިވާ ފިލްމް "ހާދަރު" އަންނަ މަހު ޕްރިމިއާ ކުރާ އިރު، އެ ފިލްމް އައްޑޫގައި ވެސް ދައްކަން ނިންމައިފި އެވެ.

އެމްއެންޑީފުން ބުނީ "ހާދަރު" ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ރޭ ކަމަށެވެ. އެ ރޭ އޮލިމްޕަހާ އެކު، އެމްއެންޑީއެފްގެ އަތޮޅުތެރޭގައި ހަތަރު އޭރިއާގައި ފިލްމް ޕްރިމިއާ ކުރަން ވަނީ ނިންމައިފަ އެވެ.

އެނގިފައިވާ ގޮތުގައި އައްޑޫގައި ފިލްމް ދައްކާނީ ގަމުގައި ހުންނަ އަސްޓްރާ ސިނަމާގަ އެވެ. ދާދި ފަހުން އެމްއެންޑީއެފިން ވަނީ އެތަން ބަލައިފަ އެވެ.

gjhgj

މޭޖަ އިސްމާއީލް ނަސީރު ވިދާޅުވީ އަވަށްޓެރި އިންޑިއާ އާއި ލަންކާގަި ތިބި ދިވެހިންނަށް ވެސް އަމާޒުކޮށްގެން ފަހުގެ ތާރީހެއްގައި އެ ދެ ގައުމުގައި ވެސް ފިލްމް ދައްކާނެ ކަމަށެވެ.

"ހާދަރު" އަކީ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް އަޝްހަރު ވަހީދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމަކީ ތަމަޅަ ޓައިގަރުންތަކެއް މާލެ އަށް އަރައި ނޮވެމްބަރު 3، 1988 ގައި ހިންގި އުދޫވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.