Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެ

ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހިތަދޫ ދެކުނު ދާއިރާގައި ހުންނަ އުރީދޫ އޮފީސް ކުރިމަތިންނެވެ.

މި އެކްސިޑެންޓުގައި ދެ ޒުވާނަކަށް އަނިޔާވެފައިވާ އިރު މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްގައި އަނިޔާވީ ހިތަދޫ ބުލޫބާޑް، މުހައްމަދު ލޫތު ލަތީފް 21، އާއި މަހުމާ އަހުމަދު ސޯލިހު 19، އާއި ހަވާސާ، ޒައިދު އަންވަރު، 14، އަށެވެ.

މީގެ ތެރެއިން ފަރުވާ ދިނުމަށް ފަހު ވަނީ ޒައިދު ވަނީ ދޫކޮށްލާފަ އެވެ.