Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ފޭދޫ ރިވެޓްމަންޓް ފަށާނީ ރޯދައިގެ ފަހުން: މިނިސްޓްރީ

ފޭދޫން ހިއްކާފައިވާ ބިން ހިމާޔަތް ކުރުމަށް ޖަހާ ރިވެޓްމަންޓްގެ މަސައްކަތް ފަށާނީ ރޯދައިގެ ފަހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ފޭދޫ ބިން ހިއްކައި ނިންމާލީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. ބިމުގެ ދަތިކަން ހައްލު ކުރުމަށް ފޭދޫން ވަނީ 64 ހެކްޓަރިގެ ބިން ހިއްކައިފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ރިވެޓްމަންޓް ޖެހުމަށް ބެނުންވާ ހިލަ ޝިޕްމަންްޓްތައް މިހާރު ގެންނަމުންދާ ކަމަށެވެ.

އެެހެންވެ ރޯދައިގެ ފަހުން މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިވެޓްމަންޓްގެ މަސައްކަތް ވެސް ކުރާނީ ބިން ހިއްކި ނެދެލެންޑްގެ ވައްނޫރު ޕްރައިވެޓް ލިމިޓެޑުންނެވެ.

އޮފިޝަލް ވިދާޅުވީ ލަފާ ކުރަނީ އަންނަ ނޮވެމްބަރު ހަމައަށް އެއްކޮށް މަސައްކަތް ނިންމާލުން ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ފޭދޫން އަލަށް ހިއްކި ބިމުގައި ދިރިއުޅުމަށް ގޯތި ދޫކޮށް، ފްލެޓް އަޅާނެ ސަރަހައްދުތައް ކަނޑައަޅައި، ސްކޫލާއި މިސްކިތާއި ފިހާރަތަކާއި ޕާކާއި ސްޕޯޓްސް އެރީނާ ހަދާނެ ސަރަހައްދުތައް ކަނޑައަޅާނެ އެވެ.

މީގެ އިތުރުން ހިއްކި ބިމުގައި ގެސްޓް ހައުސް ވިޔަފާރި އަށް ވެސް ބިން ހާއްސަ ކުރަން ވަނީ ނިންމައިފަ އެވެ.

ހަމަ އެއާ އެކު ގަރާޖާއި އެ ނޫން ވެސް ރަށު ތެރޭގައި ކުރާ އިންޑަސްޓްރިއަލް މަސައްކަތްތަކަށް ވެސް ހިއްކި ބިމަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.