Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މީރާ އަށް ފައިސާ ދެއްކުމުގެ ހިދުމަތަށް އައްދު!

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިދުމަތްތަކުގެ ތެރެއިން އެތަނަށް ފައިސާ ދައްކަން ޖެހޭ ހުޅުމީދޫ ރައްޔިތުންނަށް ގާތުން ފަސޭހަކޮށް ހިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން އެ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ހަރަކާތްތެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.

އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ވިދާޅުވީ މީރާގެ ހުޅުމީދޫ އޮފީސް ގާއިމު ކުރުން ލަސްވާތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އައްދު ވިދާޅުވީ ހިދުމަތް ގޮސް މީރާގެ ހިދުމަތްތައް ހޯދަން ދަތިވާ ހުޅުމީދޫ ރައްޔިތުންނަށް، އޭނާ އެ ހިދުމަތްތައް ހިލޭ ފޯރުކޮށް ދެމުން ގެންދަވާ ކަމަށެވެ.

"މި ހިދުމަތް ހިލޭ ސާބަހަށް ފޯރުކޮށް ދެން. ވީމާ އަޅުގަނޑުގެ ނަމްބަރު 7900512 އަށް ގުޅާލުމުން ގެއަށް ގޮސް ޑޮކިއުމަންޓްތަކާ ހަވާލުވެ، މި ހިދުމަތް ރައްޔިތުންނަށް އެންމެ ގާތުން އިތުބާރާ އެކު ފޯރުކޮށް ދެމެވެ،" ޕީޕީއެމަށް ނިސްބަތްވާ އައްޑޫގެ ހަމައެކަނި ކައުންސިލަރު ވިދާޅުވި އެވެ.

އައްދުއަކީ ވަޒީފާ އަދާ ކުރެއްވުމަށް ކޮންމެ ދުވަހަކު ހިތަދު އަށް ވަޑައިގަންނަވަން ޖެހޭ ބޭފުޅެކެވެ.

އައްޑު ސިޓީ ކައުންސިލް އިދާރާ ހުންނަނީ ހިތަދޫގަ އެވެ.