Last Updated: April 19, 22:14
Friday, April 19, 2024
ސިޔާސީ

އައިބީގެ ވޯޓާއި އެކު އައްޑޫގައި އަޅާ ހައުސިން ޔުނިޓް ހުޅުމާލެއަށް

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ބައެއް މެންބަރުން: ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނަށް ސަރުކާރުން ބޭނުންވާ ބަދަލު ގެނައުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައި -- ވީފޮޓޯ

ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން އައްޑޫގެ އިތުރުން ދެކުނުގެ 3 އަތޮޅުގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 1500 ހައުސިން ޔުނިޓްގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލެއަށް ބަދަލު ކުރުމަށް ރައީސް ޔާމީން މަޖްލިސްއަށް ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖްލިސްގެ މާލިއްޔަތު ކޮމެޓީގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)ގެ ވޯޓާއި އެކު ފާސްކޮށްފިއެވެ.

އައްޑޫގެ ރަށްތަކުގެ ތެރެއިން ބިމުގެ ދަތިންކަން އެންމެ ބޮޑަށް ތަހައްމަލް ކުރަމުން އަންނަ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަކީ ސަރުކާރު ތަމްސީލު ކުރާ ޕީޕީއެމް މަޖްލިސް މެމްބަރެކެވެ. އައިބީ ސަރުކާރާއި އެއްކޮޅަށް ވޯޓު ދެއްވި އިރު މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ ފްލެޓް ބަދަލް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

ޝަރީފް މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ 704 ހައުސިން ޔުނިޓް ހުޅުމާލެއަށް ބަދަލު ކުރުމަކީ އައްޑޫ ރައްޔިތުންނާއި ދެކޮޅަށް ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ޝަރީފް ވިދާޅުވިއެވެ.

11 މެމްބަރުން ހިމެނިވަޑައިގަންނަވާ މާލިއްޔަތު ކޮމެޓީން ފްލެޓްތައް ހުލުމާލެއަށް ބަދަލު ކުރުމަށް 8 މެމްބަރަކު ވޯޓު ދެެއްވިއިރު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 3 މެމްބަރުން ވޯޓުދީފައިވަނީ ފްލެޓް ބަދަލު ކުރަން ނުފެންނަ ކަމަށެވެ.

ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ގއ. ވިލިނގިލިއްޔާއި ގދ. ތިނަދު އާއި ގދ. ގައްދު އާއި ގދ. ހޯޑެއްދު އާއި ގދ. މަޑެވެލި އަދި ފުވައްމުލަކާއި އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދު އެވެ.

އެމްޑީޕީގެ ސަރުކާރުން ހުށަހެޅި ގޮތަށް މިލޯން ނެގުމަށް ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ހުއްދަދިނީ 2011 ވަނަ އަހަރު އެވެ.

ފޭދޫ،މަރަދޫފޭދޫ އަދި މަރަދޫ އަކީ އައްޑޫގެ ރަށްތަކުގެ ތެރެއިން ބިމުގެ ދަތިކަން އެންމެ ބޮޑު ރަށްތަކެވެ.