Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހާޓް އެޓޭކެއް ޖެހި ފޭދޫ ކައުންސިލަރ އަސްވާން ނިޔާވެއްޖެ

ފޭދޫ ދާއިރާގެ ކައުންސިލާރ އަސްވާން

އައްޑޫސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ ކައުންސިލާރ އަސްވާން މިރޭ 3:30 ހާއިރު ނިޔާވެއްޖެއެވެ.

"އައްޑޫލައިވް"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަސްވާން ނިޔާވީ ނޭވާލުމަށް އުނދަގޫވެގެން ފަރުވާ ދިނުމަށް ސ. ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ހާރޓްއެޓޭކެއް ޖެހިގެންނެވެ.

އަސްވާންގެ ހަށިގަނޑު މިހާރުވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަ ގެނެސް މަރު ކަށަވަރުކުރުމަށްފަހު ގެއަށް ގެންގޮސްފައެވެ.