Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ޕީޗް: ކޮބާ ފައިދާއަކީ؟

ޕީޗަކީ ރާއްޖޭގައި ހައްދާ ބާވަތެއް ނޫން ނަމަވެސް މިއީ ރާއްޖޭގެ ބާޒާރުން މިހާރު ފަސޭހަކަމާ އެކު ލިބެން ހުރި މޭވާއެކެވެ. ސިއްހީ ފައިދާތައް ގިނަ މޭވާއެކެވެ.

އެހެން ނަމަވެސް ޕިޖަކީ އާންމުކޮށް ދިވެހިންނާ އެހާ ރައްޓެހި މޭވާއެއް ނޫނެވެ. އެކަމަކު ޕީޗަކީ ސިއްހީ އެތަކެއް ފައިދާތަކެއްް ލިއްބައިދޭ ރަހަ މީރު މޭވާއެކެވެ.

ޕިޗަކީ ގިނަ އަދަދަަކަށް ވިޓަމިންސް އާއި މިނަރަލްސް އަދި ފައިދާ ކުރުވަނިވި އެތަކެއް ކެމިކަލް އެކުލެވޭ މޭވާއެކެވެ.


* ލޮލުގެ ފެނުން ރަނގަޅުކޮށްދޭ

ޕީޗަކީ ގިނަ އަދަދަަކަށް ބީޓާ ކެރޮޓިން އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މި ސަބަބާ ހުރެ ޕީޗަކީ ލޮލުގެ ފެނުން ވަރުގަދަކޮށްދޭ މޭވާއެކެވެ. ހަމަ އެއާއެކު ރޭގަނޑު ލޮލުގެ ފެނުމަށް މައްސަލަ ދިމާވާ މީހުންނަށް މި މޭވާއަކީ ވަރަށް ހާއްސަ ފަރުވާއެކެވެ.

* ހަންގަނޑު ރީތިކޮށްދޭ

ޕީޗް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްްގެ ކޮސްމެޓިކްސް އުފެއްދުންތައް ބާޒާރުން ފަސޭހަކަމާ އެކު ލިބެން އެބަ ހުއްޓެވެ. މިއިން ދައްކައި ދެނީ ރީތިވުމަށް ޕީޗަކީ މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެއް ކަމެވެ. ހާއްސަކޮށް މިއީ އިންސާނާގެ ހަމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.

HKJL (1)

ޕީޗަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެއްކަމުން ލޮލުގެ ކައިރި ކަޅުވާ މައްސަލަ އާއި ހަންގަނޑުގައި ރޫޖެހުން ފަދަ މައްސަލަތަކަށް އެއީ ބަރާބާރު ފަރުވާއެކެވެ.

ބަރުދަން ލުއިކޮށްދޭ

ޕީޗަކީ އެ ބޭނުން ކުރުމުން އިންސާނާގެ ބަރުދަން ވެސް ލުއިކޮށްދޭ މޭވާއެކެވެ. ގަވައިދިން ޕީޗް ބޭނުން ކުރާ ނަމަ ގައިމު ވެސް އެ ތަފާތު ފެންނާނެ އެވެ. ދުވާލެއްގެ މައްޗަށް އެއް ޕީޗް ކެއި ނަމަވެސް ހަށިގަނޑަށް ފެޓާ ނުލައި އެތެރެ އެކޮށް ލެވެނީ 68 ކެލޮރީ އެވެ.

ހަމަ މިއާ އެކު ޕީޗަކި އަބަދު ކާ ހިތްވެފައި ތިބޭ މީހުންނަށް ވެސް އެކަން ކޮންޓްރޯލްކޮށް ދޭނެ މޭވާއެކެވެ. ޕީޗް ކެއުމުން އަވަސް އަވަހަށް ބަނޑުހައިވުން ލަސްކޮށްދެ އެވެ.

ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރޭ

ޕީޗަކީ ކެންސަރަށް ވެސް ފަރުވާއެކެވެ. އެ މޭވާގައި ހިމެނޭ އެންޓި އޮކްސިޑެންޓެއް ކަމަށްވާ ކްލޮރޯޖެނިކް އެސިޑަކީ ކެންސަރާއި އެހެނިހެން ކްރޮނިކް ބަލިތަކުން ސަލާމަތްކޮށްދޭ މޭވާއެކެވެ. އެހެންވެ ޕީޗް ކެއުން އާދަ ކުރަމާ ހިނގާށެވެ.

HKJL (3)

މީގެ އިތުރުން ޕީޗަކީ އާތުރައިޓްސް އާއި ހަށިގަނޑުން އިންފްލަމޭޝަން ވެސް ދައްކަޮށްދީ މުސްކުޅިވުން ވެސް ލަސްކޮށްދޭ މޭވާއެކެވެ.

ކިޑްނީ ސާފުކޮށްދޭ

ކިޑްނީގެ މައްސަލަތަކަކީ ދިވެހިންގެ ތެރޭގައި މިހާރު އާންމު މައްސަލައެކެވެ. ޕީޗަކީ އެކަމަށް ވެސް އޮތް ހައްލެކެވެ. ޕީޗްގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ކިޑްނީގެ ބަލިތަކުން ރައްކާތެރިކޮށް ދެ އެވެ. އެހެންވެ އާދަކޮށް ޕީޗް ކާ ނަމަ، އޭގައި ހިމެނޭ ޕޮޓޭސިއަމާއި ވިޓަމިންސްގެ ސަބަބުން މައިދާ ސާފުކޮށްދީ، ކިޑްނީގެ ޒިންމާތައް ބަރާބަރުކޮށްދެ އެވެ.

ޕީޗުން ލިބޭ އިތުރު ފަރުވާތަކަށް ބަލާ އިރު، މިއީ ކިޑްނީގައި ހިލަ އުފެދުމާއި ނެޕްރައިޓިސް ފަދަ އެތައް ބައްޔަކުން އިންސާނާ ސަލާމަތްކޮށްދޭ ފުރިހަމަ މޭވާއެކެވެ.