Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

މި ފަހަރު ވެސް ފިތުރު އީދު ނަމާދު ސްޓޭޑިއަމްގައި

ކުރީ އަހަރެކޭ އެއްގޮތަށް ބޮޑު ޖަމާއަތެއްގައި މި ފަހަރު ވެސް ފިތުރު އީދު ނަމާދު ކުރުމުގެ ގޮތުން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި މި އަހަރުގެ ފިތުރު އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަން އިންތިޒާމް ކުރާ ހިތަދޫ ނޫރުލް އިސްލާމް ޖަމިިއްޔާ އިން ބުނީ "ފިތުރު އީދުގެ އައްޑޫ ބޮޑު ޖަމާއަތް" ބާއްވާނީ ފިތުރު އީދު ދުވަހު ހެނދުނު 7:00 ޖަހާ އިރު އެވެ.

އެގޮތުން ގުޅިފައިވާ ރަށްރަށުން ސްޓޭޑިއަމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ރަށްރަށުގެ ބަސް ހުއްޓިތަކުން ހެނދުނު 6:00 ޖަހާ އިރުން ފެށިގެން ބަހުގައި ދަތުރު ކުރެވޭނެ އެވެ.

މި ފަހަރުގެ ފިތުރު އީދު ނަމާދު އިމާމުވެ ކުރަައްވާނީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝެއިހް އަލީ ޒާހިރު ބިން ގާސިމެވެ.

ނޫރުލް އިސްލާމުން ބުނީ ފިތުރު އީދު ނަމާދު ސްޓޭޑިއަމްގައި ބާއްވާތީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލައިފައިވާ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 9853200 އަދި 7676446 އަށް ގުޅުމުން ލިބޭނެ ކަމަށް ނޫރުލް އިސްލާމުން ބުންޏެވެ.